ދިރާގު ސްޓްރީމިންގ އެޑް-އޯންސް އަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް އޯޑިއޯ ސްޓްރީމިންގ އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފިއެވެ.

މި އެޕް މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިންގ އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިންގ ޕަރކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިންގ އެޑްއޮންސްގައިވެސް ހިމެނޭނެއެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ޚިދުމަތްތަށް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ އެކުންފުނީގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒެވެ. ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދު ކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ދިރާގު ސްޓްރީމިންގ އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިންގ އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެއެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިންގ އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ސްޓްރީމިންގ އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯރޑް އެސް.އެމް.އެސް ކޮށްލުމުން އެކްޓިވޭޓްކޮށްލެވޭނެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް އެކުންފުނިން ފޯރިކޮށްދޭ އެޑް-އޮންތަށް ކަސްޓަމަރުންންގެ ބޭނުންތައް ފަރުމާކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު