ހިޓާޗީ ބްރޭންޑްގެ އެއަރކޮންޑިޝަނަރގެ ޚާއްސަ ފިނިފިނި ހިޓާޗީ ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފިއެވެ.

ހޯމް އިމްރޫވްމެންޓް، އެސްޓީ އޯ ވިލިމާލެ ފިހާރަ، އަދި އެސްޓީ އޯ ހުޅުމާލެ ފިހާރައިގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން ގަންނަ 24،000 ބީޓީޔޫގެ ކޮންމެ ފަސް އެއަރ ކޮންޑިޝަނަރ އަކަށް 12،000 ބީޓީޔޫގެ އެއަރކޮންޑިޝަނަރ އެއް ހިލޭ ލިބިގެންދާނެއެވެ. އަދި 18،000 ބީޓީޔޫގެ ކޮންމެ ފަސް އެއަރ ކޮންޑިޝަނަރ އަކަށް 9،000 ބީޓީޔޫގެ އެއަރކޮންޑިޝަނަރ އެއް ހިލޭ ލިބިގެންދާނެއެވެ.

މާޗް މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްގެ އިތުރުން އަގުހުރި އިނާމުތަކެއް ލިބެއެވެ.

ކޮންމެ 1،000 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ޓީވީ އަދި ދޮންނަ މެޝިން ލިބިގެންދާނެއެވެ.

މީގެ އިތުރުން ބައްލަވައިގަންނަވާ ކޮންމެ އޭސީއަކާއެކު ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި، ރައިސް ކުކަރ، އަވަން، އިސްތިރީގެ އިތުރުން ފަނަރަ ސަތޭކެ ރުފިޔާގެ ގިފްޓް ވައުޗަރ ހިމެނެއެވެ.