ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރޭގަނޑު 20:00 އިން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން މަނާކުރި ކުރުން އިތުރު ހަފްތާއަކަށް ދަންމާލައިފި އެވެ.

ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުން ފެށިގެން، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 20:00 ން 22:30 އަށް މާލޭ ސިޓީގެ ކެފޭ ރެސްޓޯރަންޓުތަކުން ދެވޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ފިޔަވަޅުގެ މުއްދަތު ހަމަވާނީ މާދަމާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ، އެ ފިޔަވަޅު އިތުރު ހަތް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ ތެރޭގައި މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހާ ތަންތަން ހިމެނޭނެ އެވެ. އަދި ޓޭކް އަވޭއާއި ޑެލިވަރީގެ ހިދުމަތްތައް ވެސް 22:30 އިން ފެށިގެން ހުއްޓާލަން ޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯޔަލް ހިމާރު

    ބަންދު ކޮށްގެން ތިބެބަލަ.. ކަލޭމެން މީރުހާ އެއްޗެހި ކައިކައިގެން އަހަރުމެން ބަނޑަށް ބައިތިއްބާފަ.. މިވަރު ނުބައި ނުލަފާ ޖަނަވާރު ސަރުކާރެއް ނުދެކެން.. ރައީސް ޔާމީން ޖަލަށްލައިގެން ކަލޭމެނަށް އަނިޔާ ކުރެވިދާނެ.. އެކަމު ދެނެއް މި ފިކުރެއް ނުފޮހެވޭނެ

  2. ގެރި

    އެމްޑިޕީ އެއްޗެހިން އެކަނިތަ ކާންވެސް ވަނީ މިހާރު.. ކޮންމެ ކަމަކުންވެސް ރައްޔިތުންނަށް ކޮންމެވެސް ދުއްޕާނެއް

  3. ކ

    މާސް އިންސްޕެކްޝަން ކުރިއަށް ގެންދަނީ ތަ އެކަމުގަ އުޅޭ އެއްބަޔަކު ޕޮޒިޓިވް ވިއަސް!!!! އެޗްޕީއޭއިން މިކަން ބަލަން ޖެހޭ!!!!