ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ 60 ބިދޭސީއަކު އަނބުރާ ފޮނުވާލަން މޯލްޑިވްސް އިމިގްރޭޝަން އިން އަންގައިފިއެވެެ.
އިމިގްރޭޝަނުން ވިދާޅުވީ ދިވެެހިންގެ މަސައްކަތްތަކަށް ހުރަސް އެެޅޭ ގޮތަށް ގިނަ ބައެއް ރިސޯޓުތަކުގައި ބިދޭސީން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެެގޮތުން މިއުޒިކް އަދި ފޮޓޯގްރަފީގެ ދާއިރާގައި ބިދޭސީން މަސައްކަތްކުރަމުން އަންނަ މައްސަލަ ތަކުރާރުކޮށް އެކި ފަރާތްތަކުން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށާއި، މިކަމާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ 60 ބިދޭސީން އަނބުރާ ފޮނުވާލުމަށް އަންގާފައިވާނެ ކަމަށް އެެ އިދާރާއިން ވަނީ ވިދާޅުވެފައެވެެ.
ދިވެހި ފަންނާނުންނަށް އޮންނަ ފުރުސަތުތަކަށް ހުރަސް އެޅޭ ގޮތަށް ރިސޯޓުތަކުގައި މިއުޒީޝިއަނުން އަދި ފޮޓޯގްރާފަރުންގެ މަގާމުގައި ބިދޭސީން ގެންގުޅުމަކީ މަނާކަމެކެވެ. މިހެން މިކަން އޮތް ނަމަވެސް ގިނަ ރިސޯޓުތަކެއްގައި އަންނަނީ އެހެން ކަންކަމަށް ކަމަށް ބުނެ ބިދޭސީން ގެނައުމަށް ފަހު އެމީހުން ލައްވާ މިފަދަ މަސައްކަތްތައް ކުރަމުންނެވެ. އެމީހުން މިއުޒިކާއި ފޮޓޯގްރަފީ އާއި ގުޅުންހުރި މަގާމުތައް އަދާކުރަނީ ދީފައިވާ ހުއްދައިގެ ބޭރުންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ މިހާރު އަނބުރާ ގައުމަށް ފޮނުވާލުމަށް އަންގާފައިވާ ބިދޭސީންގެ ތެރޭގައި ހިމެނޭ ބޯޑަރު ހުޅުވާލާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ފުރައިގެން ގޮސްފައިވާކަމަށެެވެ.
އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީން މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ދިވެހި ފަންނާނުންނަށް އޮންނަ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވަމުން އަންނަކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށާއި، މިކަންކަން ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
އިމިގްރޭޝަނުން ވަނީ ދިވެހި ފަންނާނުންގެ ކުރިމަގަށް ގެއްލުންވާ ގޮތަށް ރިސޯޓުތަކުން އަމަލު ނުކުރުމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ބަލަބިދޭސީން މުޅިމާލެއާ ރާށްޖެ ހުރިހާކަމަކުން ހިސޯރު ކޮށްގެން އެއުޅެނީ ކެފޭތަކާ ރެސްޓޯރެންޓުތަކާ ފިހާރަތަކާ މިކަމަށް ފިޔަވަޅު ނާޅަނީ ކީއްވެ ކަލޭމެން ސަޕޯޓުކުރަނީ ނާޗަރަންގީއަށްތަ ބޯހަލާކު
ތިޔައީ ދައްކާލާދަޅައެއް ސގިޔާމުގެ ރިސޯޓުތަކުގާވެސް މިތިބީ ހަމަ ފޮރިން މީހުން ފަންނާނުންގެ ދާއިރާގަ ފޮނުވާލާކައް ނައަންގާ މީއަހަރުމެން ލޯކުރިމަތީގަ ހިގަމުންދާކަމެ
ތީގެރި އެތެރެކުރަން ޖަހާމަޅި
ތީގެރި އެތެރެ ކުރަންޖަހާމަޅި
ތީ އގެގެރިއެތެރެކުރަންޖަހާމަޅި