އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގުބޮޑުކޮށްފިއެވެ.

ދެންމެ އެސްޓީއޯ އިން ނެރުނު އިއުލާނެއްގައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާއި ގުޅިގެން ޑީސަލް ވިއްކާ އަގު އެސްޓީއޯއިން ބޮޑުކުރަން ނިންމައިފި ކަމަށެވެ. މިގޮތުން 07 ޖޫން 2018 އިން ފެށިގެން ޑީސަލް ލީޓަރަކުން 10 ލާރި ބޮޑުވާނެ ކަމަށް އެސްޓީއޯ އިން ވިދާޅުވެއެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 11.23ރ އަށެވެ.

އެސްޓީއޯ އިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެންނެވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހު ވަނީ ޑީސަލް ލީޓަރަކުން 41 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ބޮޑުކޮށްފައެވެ.

2014 ވަނަ އަހަރު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 40 އެމެރިކާ ޑޮލަރަށް ވެއްޓުމަށް ފަހު އަނެއްކާވެސް މިހާރު ދަނީ ތެލުގެ އަގު އުފުލެމުންނެވެ. މިހާރު ބައިނަލްއަޤުވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 80 އެމެރިކާ ޑޮލަރުގައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ތެލުގެ އަގު އުފުލެމުން ދަނީ ގެއްލުން ނުވާވަރުގެ އަގެއްގައި ތެޔޮ ވިއްކަން އެމެރިކާ އާއި އޯޕެކްގެ ގައުމުތަކުން އެއްބަސްވުމަކަށް އައިސްފައި ވާތީއެވެ.

އަދި އީރާނާއި ވެނެޒުއެލާގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމާއި، އެމެރިކާ އާއި އީރާންގެ ކޯޅުން އިތުރުވެފައިވުމަކީ ވެސް ތެލުގެ އަގު އުފުލެން މެދުވެރިވެރިވެފައިވާ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިޔާޒު

    ހާސް ނުވޭ ވޯޓަށް ވާއިރަށް އަގު ތިރިވާނެ ، މިއީ ލޮލުގައި އަޅުވާ ވަރަށް ބޮޑު އަދުނެއް، ކައިރިކޮށްލާފަ އަގުހެޔޮ ކޮށްލީމަ މީހުން ހިތަށް އަރާނީ ހާދަ ރަނގަޅު ސަރުކާރެކޭ

  2. މޭރީކު

    މިހާރު ނޫހުގަ އޮތީ ދުނިޔޭގެ ބާޒާރުގަ އަގު ދަށް ވާ ކަމަށް. ވަގުތުގަ ތިއޮތީ މައްޗަށް ދާކަމަށް. ގަބޫލުކުރަންވީ އެއްޗެއް ނޭގުނު.