އެންޒީއިން ކުރިއަށް ގެންދިޔަ"އެންޒީ ވަރަށްފައްކާ ޕްރޮމޯޝަން"ގެ ގްރޭންޑް ލަކީޑްރޯގެ ނަސީބުވެރިންނަށް އިނާމު ހަވާލުކޮށްފިއެވެ.

ގްރޭންޑް ލަކީ ޑްރޯ ނެގިފައިވާނީ ފެބުރުވަރީ 19 ވަނަ ދުވަހު އެވެ. ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައި ވަނީ ޓީވީއެމް އާއި އެންޒީ ފޭސްބުކް ޕޭޖުންވެސް ލައިވްކޮށްގެންނެވެ.

މި ޕްރޮމޯޝަންގެ ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ 15 ފެބްރުއަރީ އިން ޑިސެމްބަރުގެ ނިޔަލަށެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަނަކީ، އެ ލޭބަލް ޖަހާފައިވާ މަސްދަޅެއް ގަނެގެން ލޭބަލް ކޮޅު ނައްޓާލުމަށްފަހު ލޭބަލްގެ އެތެރޭގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސް.އެމް.އެސް ކޮށްގެން ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެެކެވެެ. އަދި މީގެ ތެރެއިން ކޮންމެ މަހަކު ވެސް 3 ނަސީބުވެރިން ހޮވާ، އެންޒީއިންވަނީ ކޮންމެ މަހަކުވެސް ފައިސާގެ އިނާމުތަކެއް ދީފައެވެ. ތިން ވަނައަށް 1،000ރ ދެވަނައަށް 5000ރ އަދި އެއްވަނައަށް 10000ރ ރުފިޔާ ކޮންމެ މަހަކުވެސް އެންޒީއިން ވަނީ ދީފައެވެ.

އަދި މި ޕްރޮމޯޝަންގައި އެސް.އެމް.އެސް ކުރާ ހުރިހާ ފަރާތްތަކުގެގެ މެދުގައިނެގުނު ގްރޭންޑް ލަކީ ޑްރޯގެ ނަސީބުވެރި 3 ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30،000ރ، 50،000ރ، އަދި 100،000ރ އެންޒީއިން ހުށަހެޅިއެވެ.

އަދި މިހާރު އެ ނަސީބުވެރިން ގޮވައި، އެ ފަރާތްތަކާއި އިއްޔެ ވަނީ ފައިސާ ހަވާލުކޮށްފައެވެ.

މި ޕްރޮމޯޝަންގެ ހުރިހާ ނަސީބުވެރިންނަށްވެސް ހޮވިފައިވަނީ އަންހެން ބޭކަނބަލުން ފާހަގަކޮށްލަން ޖެހެެެއެވެ. އެގޮތުން ތިން ވަނަ ހޯއްދަވައިގެން 30،000ރގެ ފައިސާގެ އިނާމް ހޯދާފައި ވަނީ އައިޝަތު ސިތުނާއެވެ. ދެވަނަ އިނާމްގެ ގޮތުގައި ކަނޑައަޅާފައިވާ 50،000ރ ގެ ފައިސާގެ އިނާމު ހޯދާފައި ވަނީ އައިމިނަތު ޝާއިރާއެވެ.

އަދި އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ ފަޚުރުވެރި އެއް ވަނަ އިނާމްގެ ގޮތުގައި ކަނޑައަޅާފައިވާ 100،000ރ ގެ ގްރޭންޑް ޕްރައިޒް ލިބިވަޑައިގަތީ ގުނައިޝާ ސަލީމްއަށެވެ.

ގުނައިޝާ ވަނީ މި ޕްރޮމޯޝަންގައި ޖުމްލަ 237 އެސްއެމްއެސް ފޮނުވާފައެވެ. 100،000ރ ގެ މި އަގުހުރި އިނާމު ލިބުމުން ގުނައިޝާ ބުނީ ލިބޭނެކަމަކަށް އެއްގޮތަކަށްވެސް ހީނުކުރާކަމަށެވެ. އަދި އެންޒީއަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކޮށް އެންޒީ މަސްދަޅު ވަރަށް މީރު ކަމަށްވެސް ބުންޏެވެ.

އިނާމް ހަވާލުކޮށްދެއްވުމަށްފަހު އެންޒީގެ ބެލެނިވެރި ކުންފުނި އެންސިސް ފިޝަރީސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޞިލް މުހަންމަދު ވަސީމް އިސްމާއިލް ވަނީ ހުރިހާ ބައިވެރިންނަށް އެންޒީގެ ނަމުގައި މަރުހަބާ ކިޔާ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމަރުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މިފަދަ އިތުރު ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށް ގެންގޮސް ކަސްޓަމަރުންނާއި އެންޒީއާއި ދެމެދު އަބަދުވެސް އުފާވެރި ގުޅުންތައް ޤާއިމް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ގޭގައި ތިއްބަވައިގެން އެންޒީގެ ކޮންމެ ޕްރޮޑަކްޓެއްވެސް www.enzi.mv އިން އޯޑަރ ކޮށްލެވޭނެއެވެ.

އެންޒީ ތެޔޮ މަސްދަޅު ކޭހެއްގެ އަގަކީ 555 ރުފިޔާ އެވެ. އަދި ފެން މަސްދަޅު ކޭހެއްގެ އަގަކީ 530 ރުފިޔާ އެވެ.

ޕްރޮމޯޝަންގައި ބައިވެރިވެލެއްވި އަދި އެސް.އެމް.އެސް ކުރައްވާފައިވާ ހުރިހާ ބޭފުޅުންނަށްވެސް އެންޒީގެ މެނޭޖްމަންޓްގެ ފަރާތުން ވަރަށް ޚާއްސަ ޝުކުރެއް ދަންނަމަމެވެ.

އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގެ އިތުރު މަޢްލޫމާތު އެންޒީގެ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.