ރާއްޖޭގައި ހުރި ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަ ޝީޝާއިން، އެއާބްލޭޑް 2021 އަދި ސްކޫޕީ ކްލަބް12ގެ އާ މޮޑެލްތަކެއް ރާއްޖެ ގެނެސް، ވަރަށް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ.

ޝީޝާ އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގްލޯބަލް ޝިޕްމެންޓްތަކަށް ލަސްތަކެއް އައުމާއި، ގުޅިގެން ޖެނެއަރީ އަދި ފެބްރުއަރީ މަހު ޝިޕްމެންޓް ލިބުމުގައި ވަރަށް ބޮޑަށް ލަސްތަކެއް ވެގެން ދިޔަ ކަމަށެވެ. އަަދި ޝިޕްމެންޓް އައުމުގައި ލަސްތަކެއް ދިމާވި ކަމުގައިވިޔަސް، ސައިކަލުގެ ޕްރޮޑަކްޝަން ދަނީ ޝެޑިއުލާއި އެއްގޮތަކަށް ކަމަށް ޝީޝާ އިން މައުލޫމާތު ދެެއެވެ.

ޝީޝާ އިން އެތެރެ ކުރާ ހޮންޑާގެ ސައިކަލުތަކަކީ، ސީދާ ހޮންޑާ ފެކްޓްރީން ރާއްޖެއަށް އެކްސްޕޯޓް ކުރަން އުފައްދާ ސައިކަލު ތަކެކެވެ. އަދި ސައިކަލުތައް އެތެރެ ކުރާއިރު، ހުންނަ ޕެކިންގެ ފުރިހަމަކަމަށް ބަލާލިޔަސް މިކަން ފާހަގަވެގެން ދެއެވެ. މިއީ ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓައަށް ވުމުގެ ތަފާތު ކަމެވެ.

އެއާބްލޭޑް 2021 އަދި ސްކޫޕީ ކްލަބް12ގެ އާ މޮޑެލްތަކުގެ ޝިޕްމެންޓް

އަދި ކުރިއަަށް އޮތް މަސްތަކުގައި ޝިޕްމެންޓްތައް ލަސް ނުވެ ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އަދި އިތުރު ހަތަރު ޝިޕްމެންޓެއް ރާއްޖެ އައުމުގެ މަގުމަތީގައިވާކަން ޝީޝާއިން ފާހަގަކުރިއެވެ.

އެއާބްލޭޑް 2021 މޮޑެލްތަކުގެ ސައިކަލު ޝީޝާގެ ޝޯރޫމްގައި

މިފަހަރު ޝީޝާއަށް އަލަށް ގެނެސްފައިވާ ސްކޫޕީ ކްލަބް12އަށް ބަލާއިރު، ސައިކަލަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ހޮންޑާ ސްމާޓް ކީ އެއް މި ސައިކަލުގައި ހުންނައިރު، ފްރޭމަށްވެސް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. އޭގެ ސަބަބުން ސައިކަލުގެ ވަރުގަަދަ ކަމާއި، ގިނަ މުއްދަތަަށް ބޭނުން ކުރެވޭނެެއެވެ. އަދި މި ސައިކަލު އިތުރު ފަސް ކިލޯ ލުއިވާނެކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި މިއަހަރުގެ ސައިކަލުގައި ހުންނާނީ ފުލް ޑިޖިޓަލް މީޓަރެކެވެ.

ޝީޝާއިން ވަނީ މިފަހަރު ގެނައި ސައިކަލުތަކަށް ވެއިޓް ލިސްޓްކޮށްފައިވާ ކަސްޓަމަރުންގެ އަދަދު ގިނަކަން ފާހަގަކޮށްފައެވެ. އެހެންކަމުން ޝީޝާއިން އިލްތިމާސް ކުރަނީ ބޭނުންވާ މޮޑެލްގެ ވަކި ކުލައެއްގެ ސައިކަލު ބޭނުންވާ ކަސްޓަމަރުން ވީހާވެސް އަވަހަށް ސައިކަލު ގަތުމަށެވެ.

ޝީޝާ އިން މިހާރު ދަނީ ވެއިޓް ލިސްޓް ކޮށްފައިވާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި، އެއާ ބްލޭޑް އަދި ސްކޫޕީ ދޫކުރަމުންނެވެ. ޝީޝާގެ މި އޮފަރ މާރިޗް 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި އައުޓްލެޓްތައް ހިންގަމުންދާ ޝީޝާއިން އެއްކޮށް ފައިސާ ދައްކައިގެންނާއި، ޝީޝާ އިންސްޓޯލްމެންޓް މެދުވެރިކޮށް ފައިސާ ދައްކައިގެންވެސް ސައިކަލު ނެގޭނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލު ނަގަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ޝީޝާ އިން ބުންޏެވެ.