ރާއްޖޭގެ އެތެރޭގައި ކުރާ މުއާމަލާތްތަކުގައި ޑޮލަރު ބޭނުންކުރުން ހުއްޓާލުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ބޭންކުތަކަށް އަންގާފައި ވަނީ ބޭންކުތަކުން ދޫކޮށްފައިވާ ވިސާކާޑުތަކުން ރާއްޖޭގެ އެތެރޭގެ މުއާމަލާތުތައް ކުރަން ވާނީ ހަމައެކަނި ދިވެހި ރުފިޔާއިން ކަމަށެވެ. މިގޮތަށް އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިގޮތަށް ބޭންކުތަކުން އަމަލުކުރުމަށް އެމްއެމްއޭ އިން ވަނީ އަންގާފައެވެ. މި އެންގުން އަންގާފައި ވަނީ ރާއްޖޭގެ ވިސާ ކާޑު ދޫކުރަމުން އަންނަ ތިން ބޭންކު ކަމަށްވާ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)، އާއި، ސްޓޭޓް ބޭންކު އޮފް އިންޑިއާ (ސީބީއައި) އަދި ކޮމާޝަލް ބޭންކު އޮފް މޯލްޑިވްސް (ސީީބީއެމް) އަށެވެ.
އެމްއެމްއޭ އިން ވިދާޅުވީ، ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ވިސާ ކާޑުތަކުން ހިންގާ ހުރިހާ މުއާމަލާތެއް ހިންގަން ވާނީ ދިވެހި ރުފިޔާއިން ކަމަށެވެ. ރިިސޯޓުތަކާއި ގެސްޓުހައުސް ފަދަ ފަތުރުވެެރިންނަށް ހާއްސަ ތަންތަނުގައިވެސް ދިވެހި ބޭންކަކުން ދޫކޮށްފައިވާ ކާޑެއް ބޭނުންކުރާ ނަމަ މުއާމަލާތުކުރަން ވާނީ ދިވެހި ރުފިޔާއިން ކަމަށް އެމްއެމްއޭ އިން ވަނީ އަންގާފައެވެ.
ޑޮލަރު ހޭދަކުރާ މިންވަރު ކޮންޓްްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް މީގެ ކުރިން ބީއެމްއެލް އިން ވަނީ ވިދާޅުވެފައެވެ. މިހާރު ވަނީ ޓްރޭޑް ކުރުން ފަދަ ކަންކަން ވެސް ހުއްޓުވާފައެވެ.
އަހަރެންގެ އަމިއްލަ އެކައުންޓުގައި ހުރި ޑޮލަރުން އަހަރެން ބޭނުން ތަނަކަށް ބޭނުން ޢަދަދަކުން ޓްރާންސެކްޝަން ހެދެންޖެހޭނެ.
ކަލޯގަޔާ ދުވަސް ކޮޅަކުން ބުނާނެ މުޅިރާއްޖެ ކުނި ވާވަރަށް ޑޮލަރު އެބަހުއްޓެ ލިބެން
ރިސޯޓުތައް ހިންގާ އޯނަރުން އަތަކުވެސް ނުހުންނާނެ ޑޮލަރެއް މުޅިންވެސް ދެންލިބެން
ހުންނާނި އިންޑިއާ ރުޕީސް މިވެރިން ދުވަސްކޮޅަކުން ޑޮލަރުކޮޅު ހިފައިގެން ރައްކާވެ ފިލާއިގެން
ދާތަން ފެންނާނެ، މިމީހުންނަށް ރައްޔިތުން އިނދަޖެއްސުންނޫން ކަމެއްކުރާކަށެއް ނޭގޭނެ.
ހަމަ މުޅިންވެސް ރަނގަޅު ވާހަކަ
ރާއްޖެ އިގްތިސޯދު މިއެމްޑީޕީ ސަރުކާރުން ފުނޑާލައިފި!! މިއެމްޑީޕީއާއި ދުރަށް ދިވެހިން ދާންޖެހޭ މިގައުމު އަލުން ރަގަނޅު ކުރަން ބޭނުންވާނަމަ!! ކޮންމެ އިންތިޚާބަކާ ދިމާކޮށް އެތައް ޕްރޮޖެކްޓްތަކެއްގެ ވާހަކަ ދައްކާ ބިންގާތައް އަޅާ ކަރުދާހުގައި އެގްރިމަންޓްތައް ހަދާ ރައްޔިތުން ވާވައްދަމުންދަނީ!! ދެން ކުރަނީ ވައްކަން!! ދިވެހިން ގެއަށް ވައްދާފަ ރައްޔިތުންގެ ނޭވާހޮޅިން ވައްކަންކުރި ބައެެއް ދެން އިތުރަށް ނުކުރާނެކަމެއް ނޮއޮންނާނެ!! ކޭޝްކާޑް އެއީ މިހާރު ބޭންކުން ދޫކޮށްފައިވާ ޖީބުގައި އޮންނަ ޕްލާސްޓިކް ކޮޅަކަށްވެ ނިމިއްޖެ!! ޑޮލަރެއް ލިބެނީކީނޫން!! ބެންކުގައި އޮތް ޑޮލަރެއް ނެގެނީކީނޫން!! ދިވެހިން ހާލުގައި ޖައްސާލި އެމްޑީޕީ ކޯލިޝަން ސަރުކާރުން!! ގައުމު ބިކަކޮށް ބިންތައް އިންޑިޔާއަށްދީ ނިންމަނީ!! ރައްޔިތުން އަދިވެސް ހަމަ މަޑުންތިބޭނީތޯ؟؟ ނިކުމެ ބޮޑުކޮށް މުޒާހަރާކޮށް މިކަންކަމާ ދެކޮޅަށް ކެރިގެން އިހްތިޖާޖުކުރަންޖެހޭ!! ބާރުއޮތީ ރައްޔިތުންގެ އަތުގައި ބާރުއޮތީ!! ފުލުހުންގެ އަތަކުނޫން!! ސިފައިންގެ އަތަކުނޫން!! އިބްރާހިމް މުހައްމަދު ސާލިހްގެ އަތަކުނޫން!! ކޯޓްތަކުގައެއްނޫން!! މިކަން ރައްޔިތުން ދަނެގެން އެކައްޗެއް ކިޔައިގެން ގައުމު މިއަނދިރި ފުންވަޅުގަނޑުން ސަލާމަތްކުރަން ނިކުންނަންވީ!!
💯
👏👏👏
ނިކަން އާދެބަލަ ވޯޓު ހޯދަން!! ރައްޔިތުންގެ ހައްގުތައް ފޭރިގަނެފަ ރައްޔިތުންގެ ލޭ ބޯ ފަރަންޖީ ސަރުކާރު އިސްތިއުފާ!!!!!!
ޢެއާލަިއންތަކުގެ ކާރގޯ އިންނގަނީ ޑޮލަރު މއީ ރާންޖޭގެ އެތެރޭގެ ވިޔަފާރިއެއްނޫންބާ؟
މަސްކޮޅު ފޮނުވަން އެޢާލައިންފީ ނަގަނީ މިހެން ދެކޮޅުޖެހޭ ސިޔާސަތެއްބާ؟
މަސްވެރިން ފުޑިފަ..
ޢަހަރެމެ ން ބުރަމަސައްކަތު ން ހޯދާ ޑޮލަރ ކޮަޅު ފޭރިގަ ންނ ނަނ ން އުޅޭ ބަޔަކަށް ވޯޓު ނުލިބޭ ނެ. ވަރަށް ސާފު ކޮށް މިބު ނީ.
މިވޜަކަށް ބަޔަކު ގޮތް ހުސްވާނީ،، ދެން އިސްތިއުފާދީފާ ރައްކާވާންވީނު؟؟؟
ފޭލުވެފަ އޮތް ސުންޕާ ސަރުކާރެއް މިއީ !
މި ސަރުކާރަކީ ހަމަ ބޮޑު ބލއެއް ކަހަލަ ސަރުކާރެއް.
މެމްސީބީ، މެމްއައިބީ ވެސް
ޔާ ﷲ މި ނުބާ ޖައްބާރު ފިރުއައުނާ ހާމާނުގެ ވަގު ވެރިކަން ދިރިތިބީނަނަށް އިބުރަތަކަށް ވާނެހެން ފަނާކުރަށްވާ ނެތިކުރަށް ވާންދޭވެ..ާ
ދޯހަޅި ސިޔާތުގެ ތަސައްވަރު
ސޭޓުން ނައް ތިބޭ ބައެއް ބިދޭސީންނަށް ދުވާލަކު ފައިދާ 5000 ރުފިޔާ ވަރު ލިބެ އެވެ. ދެން އެފައިސާ އޭނަ ބޭރައް ފޮނުވާގޮތް ބަލާ ބަލާށެވެ. ނޫނީ ގަވާއިދާ ހިލާފައް ހުރި ހުރިހާ ބިދޭސީ ސޭތުން ފޮނުވާލަ ބަލާށެވެ. އޭރުން ލުޔެއް ލިބިދާނެ އެވެ.
އަޅެ މީ ވަރުގަދަ ކަމެއް/ އަމިއްލަ އެކައުންޓުގައި ހުންނަ އެކައުންޓުން ދެން ޑޮލަރު ނަގާނީ ކިހިނެތް؟
ކީއްވެބާ މީރާއަށް މިކަން ނޭންގީ؟
2008 ގަވެސް މިވަރު. 2018 އައިފަހުންވެސް މިވަރަށް މިދިޔާއީ. 1 ހޮރަކުން 2 ފަހަރަށް ކަށި ޖެހީ. އަދިވެސް ރަނގަޅުވާނެ އެހެންނުން!
އިބޫސޯލިހުގެ ދުރުވިސްނޭ ހެޔޮސިކުނޑިން ގައުމު ދޮވެލައިފި ބައިތުލްމާލު ދޮވެލައިފި ކަރަންޓާ ފެނާވެސް އެހާ އަގުބޮޑު ކޮށްފި މިއެއްނޫންތޯ؟ހެޔޮވެރިކަމަކީ ރައްޔިތުން ބިކަވެ ފައުސާނެތިވެ މަގުމަތިކޮށްފި މީ ނޫންތޯ އެބުނާ ހެޔޮވެރިކަމަކީ ޕަޓާސް