ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު 6 ވަނަ އިޞްލާޙާ ގުޅިގެން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން އެކުލަވާލަންޖެހޭ ސަރވިސްޗާޖާބެހޭ ގަވައިދު ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކޮށް އަމަލު ކުރަން ފަށައިފިއެވެ.

މި ގަވައިދުގައި، ވިޔަފާރިތަކުން ސަރވިސްޗާޖް ނަގަންޖެހޭ ގޮތާއި، މުވައްޒަފުންގެ މެދުގައި ސަރވިސްޗާޖް ބެހުމުގައި ޢަމަލުކުރަންޖެހޭގޮތާއި، ވަޒީފާދޭ ފަރާތްތަކުން ސަރވިސްޗާޖްގެ މަޢުލޫމާތު ހުށަހެޅުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

އެގޮތުން ޓޫރިސްޓް ރިޒޯޓުތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓްރެއިނިންގ ރިޒޯޓްތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުން %10 އަށްވުރެ މަދުނޫން އަދަދަކުން ސަރވިސްޗާޖް ނަގަންޖެހެއެވެ. އެހެންނަމަވެސް، އެފަދަ ތަންތަނުގައި މުދާ ވިއްކުމަށް ޤާއިމްކޮށްފައިވާ ފިހާރަތަކުން ވިއްކާ މުދަލުން ސަރވިސްޗާޖް ނެގުން ލާޒިމެއް ނޫނެވެ.

މީގެ އިތުރުން ސަރވިސްޗާޖް ނެގުން ލާޒިމުވާ ވިޔަފާރިތައް ފިޔަވައި އެހެން ވިޔަފާރިތަކުން ސަރވިސްޗާޖް ނަގާނަމަ އަމަލުކުރާނެގޮތްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ސަރވިސްޗާޖުގެ މަޢުލޫމާތު ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހާއި އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާގޮތެއްގެ މަތިން، އެ އޮތޯރިޓީއަށާއި މީރާއަށް ހުށަހަޅަންޖެހެއެވެ.

ސަރވިސްޗާޖާބެހޭ ގަވާއިދަށް ޢަމަލުކުރަން ފެށިއިރު ސާވިސް ޗާޖް ބަހާއި ގޮތާއި މެދު އަބަދުވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޑަބިޔަަ

    ކަމަކު ނުދޭ ތިޔަގޮތެއް ކަމެއް ބޭނުންވީމަ ކަމަކަށް ކަމެއް ކުރުން ތީ އަހަރުންނައް ކޮއްދޭކަމެއް ނޫން

    11
    1
    • ޚާރު

      ޥޯޓަށް ޖެ ހި ރޮކެޓެއް މީ... ކުރީގަ ވެސް ގަވައިދު އޮތް ... އަމަލު ނުކުރަނީ

  2. އަލިބެ

    މުވައްޒަފުންގެ މެދުގައި މުސާރައިގެ ހަމަހަމަކަން ޤާއިމުކުރާނެކަމަށް ބުނެ އައި ސްރުކާރުން އަދިވެސް މުވައްޒަފުންގެ މުސާރައިގެ ތަފާތުކަން ފެނެއެވެ. އިދާރީ މީހަކަށް 6000 ރ އެވެ. ޓީޗަރަކަށް ނަރުހަކަށް 14000 ރ އެވެ. ހަމަ ދިވެހިރައްޔިތުންނެވެ. އަނބިދަރިން ގެންގުޅޭ ފަރުދުންނެވެ. ގެދޮރާއި ފަސޭހަކަން އެންމެންވެސް ބޭނުންވެއެވެ.

  3. ލޮލީ ބެ

    ލޭބަރ އޮތޯރިޓީން ބަލަންވީ ، ޖުމްލަ ކި ހާވަރެއްތޯ މަ ހަކު ލިބެނީ / މަކަރު ހަދާ ރިސޯޓްތައް ޖޫރިމަނާ

  4. މީހާ

    މިއީ އެމް ޑީ ޕީ ގެ ތަފާތަކީ ބޮސްމީހާގެ އެކައުންޓަށް މިލިޔަން ޑޮލަރުލުމުގެ ބަދަލުގައި އެމް ޑީ ޕީ އަބަދުވެސް ނިކަމެތިންނަށް ވިސްނާނެ. ސާބަސް އެމް ޑީ ޕީ ވެރިން އަދި މަޖިލީސް މެމްބަރުން. ސަންސިޔާމުން ސަވިސްޗަރޖަށް -/250ރ ދިގެން މަކަރުޖެހި ޒަމާން މާޒީވެއްޖެގޮސްފި...

    2
    7