މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގު ދަށަށް ގޮސްފައިވާ ކަމަށް ކަސްޓަމްސްއިން ހާމަ ކޮށްފިއެވެ.
ކަސްޓަމްސްއިން އާންމު ކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ ދަށްވެފައެވެ. މިދޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 2.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
މީގެއިތުރުން، ފާއިތުވި ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 15 އިންސައްތަ ދަށްވެފައިވާ ކަންވެސް ތަފާސް ހިސާބުތަކުން އެނގެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 300 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 256 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީ އިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާ އިން 381 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 397 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 239 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 40 ޕަސެންޓުގެ ދަށްވުމެކެވެ.
މިދިޔަ މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 38 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.
ޢެހެނަސް އެކޮނޮމީ 18ގިޔަރު ކުރިޔަށް ދޯ...
އެމް ޑީ ޕީ ގެ ނޫއިގުތިސޯދު ފަރިވެފޮޅި ދިޔާވެ އުތުރިއަރަނީދޯ ގައުމު ފުނޑާލައި ރީނދޫ ބައިގަނޑު...