ހަވީރު ފިންޏަށް ދުއްވާލަން ރީތި އަގުހެޔޮ ސައިކަލެއް ގަންނަން ބޭނުން ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ސްކޫލަށްދާން ބެސްޓް ސައިކަލެއް ގަންނަން ބޭނުން ހެއްޔެވެ؟ ސައިކަލަށް ހޭދަވާ ޕެޓްރޯލް ޚަރަދު ބޮޑުވާތީ ހާސްވެގެން އުޅެންޖެހޭ ހެެއްޔެވެ؟

އެހެންކަމަށްވާނަމަ ކުޅުދުއްފުށީގައި ހުންނަ "ބެސްޓް ބަޑީ ޝޯރޫމް" އަށް އަވަހަށް ދާށެވެ. ކުޅުދުއްފުށީ އަމީނީ މަގުގައި އިސްލާމިކް ބޭންކު ކުރިމަތީގައި ހުންނަ "ބެސްޓް ބަޑީ ޝޯރޫމް" އަކީ ތަފާތު ވައްތަރުގެ ބެޓަރީ ވެހިކަލް ހެޔޮައަގުގައި ވިއްކަމުން އަންނަ ފިހާރައެކެވެ.

ވަރަށް ރީތި ތަފާތު މޮޑަލްތަކުގެ ބެޓެރީ ސައިކަލް މިހާރު ބެސްޓް ބަޑީގައި ލިބެން އެބަހުއްޓެވެ. ޒުވާނުންގެ މެދުގައި މަޝްހޫރު އެއަރބުލޭޑް ޑިޒައިންގެ ބެޓަރީ ސައިކަލާއި، ކުލިކް މޮޑަލްގެ ބެޓަރީ ސައިކަލާއި އަދި މިނޫންވެސް ތަފާތު ރީތި ޑިޒައިންތަކުގެ ބެޓަރީ ސައިކަލް މިހާރު ބެސްޓް ބަޑީ ޝޯރުމުގައި ލިބެން އެބަހުއްޓެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، އިސްރަށްވެހިންނަށް ޚާއްޞަ 3 ފުރޮޅުލީ ބެޓަރީ ސައިކަލްވެސް މިހާރު ބެސްޓް ބަޑީއިން އަންނަނީ ވިއްކަމުންނެވެ.

އަދި ބެސްޓް ބަޑީއިން ވިއްކާ ބެޓެރީ ސައިކަލަށް 3 މަސްދުވަހުގެ ވޮރަންޓީ ލިބޭއިރު، އޭގެ ސްޕެއަރޕަރޓްސް ބެސްޓް ބަޑީގެ ފިހާރައެއް ކަމުގައިވާ "ބެސްޓް ސްޕެއަރސް" އިން ލިބެން ހުރެއެވެ. އަދި ބެސްޓް ބަޑީއިން ބެޓަރީ ސައިކަލް ގަންނަ ފަރާތްތަކަށް ސައިކަލްގެ 1 އަހަރު ދުވަހުގެ އަހަރީ ފީ، 1 އަހަރުގެ އިންސުއަރެންސް، 2 އަހަރު ދުވަހުގެ ރޯޑްވާދިނަސް ހިލޭ ހަދައިދޭ އިރު ވެހިކަލް ކަސްޓަމަރުގެ އަތަށް އަރާއިރު ވެހިކަލް ރަޖިސްޓްރީ ކުރުމާ ގުޅޭ ހުރިހާ ކަމެއް ހުންނަނީ ފުރިހަމަވެފައެވެ.

ބެސްޓް ބަޑީގައި ވިއްކަން ހުރި ބައެއް ސައިކަލް
ބެސްޓް ބަޑީގައި ވިއްކަން ހުރި ބައެއް ސައިކަލް

މީގެ އިތުރުން ހއ.ހދ. އަދި ށ.އަތޮޅުގެ ކޮންމެ ރަށަކަށް ފުރީ ޑެލިވަރީ ކޮންދިނުމުގެ އިންތިޒާމު ހަމަޖައްސައިދޭއިރު، އެނޫން އަތޮޅުތަކުގެ ކަސްޓަމަރުންގެ ވެހިކަލް މާލެއާ ހަމައަށް ފުރީ ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސަައިދޭ ކަމީ ބެސްޓް ބަޑީއަކީ ވިޔަފާރި ކޮށްލަން އެންމެ ބެސްޓް ފިހާރައޭ ނުބުނެ ދޫކޮށްލާ ވަރުގެ ކަމެއްނޫނެެވެ. އެހެންކަމުން ޖީބަށް ލުއި، އަދި ބުރުޖަހާލަން ރީތި ސައިކަލެއް ގަންނަށް ބޭނުންވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުޞަތެކެވެ.

ބެސްޓްބަޑީއިން ލިބެންހުންނަ ވެހިކަލްތަކުގެ މައުލޫމާތު ބެސްޓް ބަޑީގެ ރަސްމީ ވެބްސައިޓް www.bestbuddy.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށްގުޅުއްވާނީ 7521915 ނުވަތަ 9907010 އަށެވެ.