އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ ފިއުލް ޝެޑެއް އިއްޔެ ގދ.ތިނަދޫގައި ހުޅުވައިވިއެވެ.

އެސްޓީއޯ އިން ބުނީ މި ޝެޓް ހުޅުވީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ޚިދުމަތް ރައްޔިތުންނަށް އެންމެ ގާތުން ދިނުމުގެ ސިޔާސަތުގެ ދަށުންނެވެ.

ތިނަދޫގައި މި ހުޅުވުނު އެސްޓީއޯގެ ފިއުލް ޝެޑްގެ ސަބަބުން ގދ.ތިނަދޫ އާއި އެސަރަހައްދުގެ ރައްރަށުގެ ރައްޔުތިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ކަށަވަރުވެގެން ދާނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

މިޝެޑް ރަސްމީ ކޮށް ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރުއެވެ.

އެސްޓީއޯ އިން ބުނީ 274500ލީޓަރުގެ ޑީސަލް އާއި 17500 ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭ މި ޝެޑްގައި 3 ޕެޓްރޯލް ޑިސްޕެންސަރ އަދި 1 ޑީސެލް ޑިސްޕެންސަރ ބެހެއްޓިފައި ހުންނާނެއެވެ.

ގދ.ތިނަދޫ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުތައް ވެސް ހިންގަމުން ގެންދާ އެއްރަށެވެ.