ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ގަމަށް ވަރަށް އަވަހަށް އުދުހެން ފަށާނެ ކަމަށް އިނާ މޯލްޑިވްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

ފިރާގްް މިހެން ވިދާޅުވީ، އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރި ބިންތައް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފިރާގް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުން ދަނީ ދުނިޔޭގައި ހުރި ޓޫރިސްޓް އެންމެ ބޮޑު ހަބެއްގެ ގޮތުގައި ޔޫއޭއީ ނުވަތަ މިޑިލް އީސާޓާއި ގުޅޭ ލެވޭނެ ގޮތެއް ހޯދޭތޯ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ވަރަށް ބޮޑު ޔަގީންކަމެއް ތި ހުރިހާ ބޭފުޅުންނަށް ދެން ކުރިއަށް އޮތް މަދު ދުވަސްތަކެއް، ހަފްތާތަކެއްވެސް ނޫން، މަދު ދުވަސްތަކެއްގެ ތެރޭގައި އަޅުގަނޑުމެންގެ މައުލޫމާތުތައް ހާމަވެގެން ދާނެ". ފިރާގް ވިދާޅުވިއެވެ.

ފިރާގު މިގޮތަށް ވިދާޅުވެފައިވާއިރު، އިނާ މޯލްޑިވްސް އަކީ އައްޑޫއަށް ސްރީލަންކަން އުދުހުގައިވެސް އިސްކޮށް ހުރި ކުންފުންޏެވެ.

އައްޑޫގެ ޓޫރިޒަމް ފުޅާ ކުރަން ސަރުކާރުންނާއި، އަމިއްލަ ކުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވެލި

    ޔޫއޭއީއިން ގަމަށް ކަނޑުއަޑިން ޓަނަލެއް އަޅާލިނަމަ ... ނޫނީ ބުރުޖެއް ..

    18
    1
  2. ގައުމީ ލޯބި

    އަޅުގަނޑުމެން ހަނދާން އެބަހުރި މަގުމަތީ ގެސްޓަކު ގޮވައިގެން ގޮސް ވިންޑް މިލް އިންވެސްޓަރެކޭ ކިޔާފައި ސޮއިކުރުން ބޭއްވި ދުވަސްވެސް..

    މީ ހަމަ ރަން އިލޮށީން ކަދުރު ކާންދިނުން - ކޮންމެ ވޯޓަކާއި ދިމާކޮށް މިކަހަލަ މޮޅު ކުރެހުންތަކާއި ހަފްލާތައް ސޮއިކުރުން އަދި އިންވެޓަރުން ހޯދަން އިއުލާކުރން ބިންގާ އެޅުން ފެނޭ އަދި މިހާރުވެސް މިދަނީ ފެންނަމުން

    ވައުދު މިވަނީ ފުއްދުމަށް ނޫންކަމަށް ދައުލަތުގެ ވަކީލު (އޭޖީ) އޮތީ ރައްޔަތުންނަށް ކަށަވަރު ކޮށް ދީފައި..

    އެވައުދަކާއި ގުޅޭ ކުރެހުން ދެއްކުމުން، ނުވަތަ އިދާރާއަކަށް އެކަން ހުށަހެޅުމުން އެ އޮތީ ވައުދު ފުދިފައި

    އަހަރުމެން ރައްޔަތުންގެ އިހްސާސްތަކާއި ކުޅުން ނޫންކަމެއް މިކަލޭގެ އަދި އޭނާގެ އައުވާނުން ނުކުރޭ..

    ވަރަށް ނިކަމެތިވާނެ.. އެންމެންގެ ބަދު ދުޢާ އިން މީނާ ނިކަން ހުރެ ނިކަމެތިކަން ދެކޭނެ.

    12
  3. ގައްދޫ

    އޫއޭއިން އަންނަ މީހުން ބައިތިއްބަން އައްޑޫގަ ފުލޯޓިން ރިސޯޓުތަކެއްވެސް ހަދަޔޯ. އެއީ 6000 މަދުވެގެން ހުންނަވަރު. ދުވާލަކު ދެފުލައިޓް މަދުވެގެން ބޭއްވޭނެކަމަށްވަނީ. ފުލޯޓިން ރިސޯޓު ހެދުމަކީ ކާޑެއްދޫ އިންޓަނޭޝަނަލް ކުރުމަށްވުރެ ހަރަދު ކުޑަވާނެކަމަށް މިނިސްޓަރު އަސްލަމް މިނިސްޓަރު މައުސޫމަށް ހިޔާލުދެއްވިއެވެ.