އައްޑޫ ސިޓީ ކައިރީގައި އޮންނަ ކެނެރީފް ރިސޯޓާއި، ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް އަންނަ އަހަރު ފެށުމުގެ ކުރިން އަލުން ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް އުއްމީދު ކުރާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ. މައުސޫމް މިހެން ވިދާޅުވީ، އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކުރި ބިންތައް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ޓޫރިޒަމްގެ ރަން އަހަރު އަންނާނީ އައްޑޫ ސިޓީއަށް އުފާވެރިކަން އައިސްގެން ކަމަށާއި، އުއްމީދު ކުރަނީ 2022 ވަނަ އަންނަން ވާއިރަށް އެ ދެ ރިސޯޓް ހުޅުވި ހިދުމަތ ލިބެން ފެށުން ކަމަށެވެ.

"އެކަމަކު އެއަށްވުރެ އަވަސްވުމުގެ ފުރުސަތު ވަރަށް ބޮޑު، ޓޫރިޒަމްގެ ރަން އަހަރު އައްޑޫ ސިޓީގައި ފާހަގަުރާއިރު، އެ ދެތަން އޮންނަން ވާނީ ހުޅުވިފައި، އައްޑޫ ސިޓީގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނީ ލިބިފައި"، މިނިސްޓަރ ވިދާޅުވިއެވެ.

މިއާއެކު ދަނޑުވެރިންނައި، ފަންނުވެރިންނަށްވެސް ފުރުސަތު ފަހިވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކެނެރީފް ރިސޯޓު ބަންުދުކޮށްފައި ވަނީ ދެ އަހަރު ދުވަހަށެވެ. އެ ރިސޯޓު ބަންދު ކުރީ ރިސޯޓު ގެއްލުމުގައި ހިންގަމުން އަންނާތީ ކަމަށް ބުނެއެވެ. ކޮވިޑް-19 ގެ ސަބަބުން ކުރި ނޭދެވޭ އަސަރުތަކުގެ ސަބަބުން މިދިޔަ އޭޕްރީލް މަހުން ފެށިގެން އެ ރިސޯޓު އޮތީ ބަންދުކޮށްފައެވެ.

މި ދެ ރިސޯޓަކީ އައްޑޫގެ ގިނަ އަދަދެއްގެ މީހުން ވަޒީފާ އަދާ ކުރަމުން ދިޔަ ތަންތަން ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވާނުވާ.

    އުންމީދޭ ކިޔައިގެން ހުވަފެން ދައްކަން ތިބޭ. އެއްކަމެއްވެސް ވާ ބައެއްނުން.

    9
    1
  2. ހުސެން

    މީނާ ކިޔާފާނެ ކޮންމެ އެއްޗެކޭވެސް މިއީ ފައްކާ ދެބަންދި ހާރެއް ވާކަ މެއް ހަ މަހަރާ މުން ހަރާން...

  3. ކުދުވާނޑި މުހުންމާ

    ސަރުކާރުން ބޭނުމިއްޔާމު ޝަންގްރިއްލާ އާއި ކެނަރީފް މިހާރުން މިހާރަށްވެސް ހުޅުވިދާނެ، އައްޑޫ ސިޓީއަށް ފްލައިޓްތަށްވެސް އޮޕަރޭޓްކުރެވިދާނެ. ބޭނުންވަނީ އިހްލާސްތެރިކަން.
    އައްޑޫ ވިލިނގިލީގައި ޝަންގްރިއްލާ އޮޕަރޭޓްކުރަނީ ސަރުކާރާއި ޝަންގްރިއްލާއާއި ވެފައިވާ އެއްބަސްވުމެއްގެދަށުން، މިއަދު ޝަންގްރިއްލާ އެވަނީ ހޮޓެލްބަންދުކޮށް އެތައްބައެއްގެ ވަޒީފާގެއްލުވާފައި، މިއީ ޝަންގްރިއްލާގެ ޝެއާނަގައި މިޕްރޮޕަޓީގެ ފުރިހަމަ ބާރު ސަރުކާރަށް ނަގަންވީ ވަގުތު، ދައްކަންޖެހޭ އެއްޗެއްދައްކާނީ، މާލޭ އެއަރޕޯޓް ޖީއެމްއާރު އަތުން ނަގައިގެންވެސް ދައްކަންޖެހުނު އެއްޗެއްދެއްކީ، އެވެސް ރައްޔިތުންގެ ފައިސާ މިވެސް ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ ފުދުންތެރިކަމާއި ގުޅިފައިވާ ކަންކަމުގައި ފަރުވާކުޑަކުރުމަކީ އެރައްޔިތުންނަށް ހަރާންކޯރުވުން ނޫން ދެން އެހެން ކޮންކަމެއްތޯ؟
    އެހެންނޫނީ ވިލިނގިލި އިންވެސްޓްމަންޓްގައި އޮތް ޝަންގްރިއްލާގެ ޝެއަރ އައްޑޫ ރައްޔިތުންނަށް ވިއްކަންވީ، އެހިސާބުން ލަތީފު އެބުނާ އައްޑޫ އެއަރލައިން ހަދައި ބޯޓެއް ކުއްޔަށް ހޯދައިގެން އައްޑޫ ގަމުން އޮޕަރޭޓްކުރަންވީ، 1980 ގެ އަހަރުތަކުގައި މާލެއަތޮޅަށް ގެސްޓުން ގެނައިގޮތަށް ގްރޫޕް އެރައިވަލް ހަދަންވީ، އައްޑޫގައި ޓުއަރިޒަމް އޮޕަރޭޓްކުރެވޭނީ މިފަދަގޮތަކަށް. މިހާރުވެސް އިޓަލީވިލާތުގައި އެގޮތަށް ދަތުރުކުރާ ހިއްޕީން އެތިބީ. ރާއްޖޭގެ ޓުއަރިޒަމްގެ ކުރީކޮޅު މާލެއަތޮޅު ރިސޯޓްތަށް ފުރާލީ އެހިއްޕީން. މިއަދު ރާއްޖޭގެ ޓުއަރިޒަމް އެހެން ލެވެލް އަކަށް ގޮސް އަގުބޮޑުވީމައި އެމީހުން ރާއްޖެދޫކޮށް މިސްރާބު ބަދަލުކުރީ ބަހާމާސް ކެރީބިއަން ކަހަލަ ތަންތަނަށް. އައްޑޫގެ ޓުއަރިޒަމް ކުރިޔަށް ގެންދަން މިބުނާ އާދައިގެ ކެޓަގަރީ ޓުއަރިސްޓުން ގެންނަންވީ.
    ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއަދު ރާއްޖޭގައި މިއޮތް ލަގްޒަރީ ޓުއަރިޒަމް އައްޑޫގައި އަދި އޮޕަރޭޓްކުރެވޭކަށްނެތްކަން. ކޮންމެ މީހަކު ޖަލްސާތަކަށް ސިޔާސީ ގޮތުން އަޑަށް ބާރުލާފައި އަރަބި ކަރައިން މަތިންދާބޯޓު އެބަގެންނަމޭ، ސްރީލަންކަން މިފައްޓަނީ އޭ ބުންޏަކަސް މިއަދު އައްޑޫ ރައްޔިތުންނަކީ މޮޔައިންނެއްނޫން.
    އައްޑޫ ސިޓީއަށް ބޭނުންވަނީ އިހްލާސްތެރި ވެރިން، ސޯބެމެންކަހަލަ ނެގިމަޑުވެފައި ތިބޭ ރަނޑާލިންނެއްނޫން. ރަނޑާލިން ލައިގެން އެއްކަމެއްވެސް ނުކުރެވޭނޭކަން ނިމިދިޔަ 15 އަހަރުން އެއޮތީ ފެނިފައި.
    އައްޑޫ ސިޓީއަށް ލަތީފް ގެ ވިޝަން ވަަރަށް ކަމުދޭ، އައްޑޫ އެއަލައިން އެއްހަދަންވީ، އައްޑޫ އިންވެސްޓްމަންޓް ބޭންކެއް އުފައްދަންވީ. ރަނގަޅު އެޑްމިނިސްޓްރޭޝަނަކުން އިންތިޒާމްކޮށްގެން އައްޑޫގެ ވިޔަފާރިވެރިން އެއްތަންކޮށް މަޝްވަރާކޮށްގެ އެންމެން އެއްއަމާޒަކަށް މަސައްކަތްކޮށްފިއްޔާމު މިއީ ނުވާނެކަމެއްނޫން.
    މީގައި ދިމާވާނެ އެންމެ ބޮޑު މައްސަލައަކަށްވާނީ، އައްޑޫ މީހުން މިފަދަކަމަކަށް އެއްބަސްވެ ފައިނަގައިގެންފިއްޔާމު މާލޭގައި އޮތް މައިސަރުކާރުން އޭއްޗެކޭ މީއްޗެކޭކިޔައިގެންވެސް މިކަންކަން ހުއްޓުވާންއުޅޭނެކަން، އަދި އެކަން ކުރުވަން ކުރިޔަށް ނެރެފައި ތިބޭނީ އައްޑޫ މެމްބަރު އަސްލަމާއި ލަބީބާއި މަވޯޓާ މެންކަހަލަ ބަތާހަރާމެންކަމަށްވުން. ދެން އެމީހުންގެ ސަޕޯޓަރުންގޮވައިގެން ރަށުތެރޭ ފުމެއަރާނެ. އައްޑޫކުރިއަށް ނުގޮސްގެން އުޅެނީ މިބާވަތުގެ މީހުންގެ ސަބަބުން. އެހެން ނަމަވެސް ރައްޔިތުން ފިސާރިވެގެން ތިބިއްޔާމު އެވެރިންނަށްވެސް ކުރެވޭނޭ ކަމެއްނޯންނާނެ.

  4. ޖ

    މިފަސްއަހަރު ނިމެންދެން މިހެންދޮގުހަދަހަދާމިމީހުންތިބޭނީ އަދިވެސްބައެއްމީހުންތިބޭނެ އޭތެދެއްކަމެއް މީތެދެއްކަމެއް ހީކޮއް އަތްޖަހާލަޖަހާލާ.