ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެއްގެ ގޮތުގައި އިންޑިއާ ވެއްޖެއެވެ.

ރާއްޖ ކޮވިޑް-19 ފެނި ފުރަބަންދު ކުރުމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތް ކުރާ ގައުމެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ރަޝިއާއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު އެންމެ ގިނައިން ފަތުރު ވެރިން ޒިޔާރާތް ކުރާ ގައުމަކީ އިންޑިއާ ކަމަށެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އިންޑިއާއިން 44،039 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު ރަޝިއާއިން ޒިޔާރާތް ކޮށްފައިވަނީ 40،698 ފަތުރުވެރިންނެވެ. ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން 23 އިންސައްތަ އަކީ އިންޑިއާ ފަތުރުވެރިންނެވެ.

އިންޑިއާއަށް ޓުއަރިޒަމް މިނިސްޓަރ ކުރެއްވާ ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް އަހަރުތަކުގައި މިހާރަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާއިން ރާއްޖެއަށް ޒިޔާރާތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިނިސްޓަރ ވަނީ އިންޑިއާއިން ރާއްޖެއަށް ވެކްސިން ފޯރު ކޮށްދެން ވުމުންނާއި އެހެން ގޮތް ގޮތުންވެސް ވެދެއްވާ އެހީތެރިކަމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ޝުކުރުއަދާ ކޮށްފައެވެ. މިނިސްޓަރ ޑރ.މައުސޫމް ވިދާޅުވެފައިވަނީ އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރުމުންނާއި، އިންޑިއާއިން ލިބެމުންދާ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ހީނަރުވެފައިވާ އިގްތިސޯދު ރަނގަޅު ވަމުންދާ ކަމަށެވެ.

އަދި އިތުރު 28 ރަށެއް ޓޫރިޒަމް އިންޑަސްޓްރީއަށް ހުޅުވާލުމާއި، ފްލައިޓުތައް އިތުރުކޮށް ގިނަ މީހުންނަށް ރާއްޖެއަށް އިންވެސްޓު ކުރުމަށް ދައުވަތު ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ފަތުރުވެރިން ޒިޔާރާތް ކުރެވޭނީ ކޮވިޑް-19އަށް ޓެސްޓުކޮށް ނައްސި ނަތީޖާ ލިބޭތާ 96 ގަޑި އިރުގެ ތެރޭގައެވެ. ރާއްޖެެއަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ވެކްސިނޭޝަން އެންޑް ވެކޭޝަން ވިސިޓްގެ ނަމުގައި އާ ޕެކޭޖެއް ތައާރަފް ކުރަން ވިސްނާކަމަށާއި، އެ ޕެކޭޖުގެ ދަށުން ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ދުވަހު ތިބެވިފައި ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ނިންމާފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ލަފާދީފައިވާ ގޮތުގެ މަތިން ޓޫރިޒަމް ދާއިރާ ކުރިޔަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޛ

    ޓެކްނިޝަނުންނެއްނޫންތަ

    • ޑޯޒް

      ޢިންޑިޔާގެ އެއް އަވަށުން އަނެއް އަވަށަށް މީހުން ދިޔައީމަ އެއީ ފަތުރު ވެރިން ތޯ؟؟؟ ސާބަސް

  2. ވިސްނާލުމަށް އެދެމޭ

    އެމީހުންގެ ގައުމަށް އެމީހުން އައީމަ އެވާހަކަ ޖެހޭތަ ނޫސްތަކުގަޖަހަން...މޯދީ ކޮއްމެ ދުވަހަކު އޭނަގެ އޮފީހަށްވެސްދޭ..އެވާހަކައިގަ އެއްވެސް ހާއްސަކަމެ އެބައޮތްތަ..

  3. ހުސޭނުބޭ

    އެހެންވިއްޔާ ޑޮލަރު ގިނަވެގެން މިހާރު ބޭންކްތައް ބަންޑުންވާނެތާ! ކެކެކެކެކެކެ.......... ޔޫރަޕްގެ އެންމެ ފަތުރުވެރިއެއްގެ ކިބައިން ލިބޭ މިންވަރު އިންޑިޔާ 10 ފަތުރުވެރިންގެ ކިބައިންވެސް ނުލިބޭނެ! ދެން ތިހެން ގޮވައި ހަވާއެރުވުމުގެ ބޭނުމަކީ ކޮބައި؟

    • ާއަހުމަދު

      އަންނަ ހުރިހާސިފައިންނަކީވެސް ފަތުރުވެރިން

  4. ކާފަ

    މީހަކު މޮޔަވެދާނެ. އިންޑިޔާގެ ކައްޕަޅި މީހުން ވޭތަ ގެސްޓުންނަށް؟؟ ތީގެ ގިނަ މީހުންނަކީ ހިލޭ އަންނަމީހުން