ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި، ވިލާ އިން އިންޑަސްޓްރިއަލް ވިލެޖްގައި "ވިލާ ފިއުލް" ނަމުގައި ޕެޓްރޯލާއި ޑީސަލް ވިއްކަން ޝެޑެއް ހުޅުވައިފިއެވެ.

ވިލާ ފިއުލް ޝެޑަކީ ޖާގައިގެ ގޮތުން ތަނަވަސް، އަދި ކުރިން ހިންގި ވިލާގެ ޝެޑާ މުޅިން ތަފާތު ގޮތަކަށް ހެދި ޝެޑެކެވެ. އެގޮތުން އެ ޝެޑުގައި ޕެޓްރޯލް އަޅާ 12 ޕޮއިންޓް އަދި ޑީސަލް އަޅާ ހަތަރު ޕޮއިންޓް ހުރެއެވެ.

މީގެ ކުރިން މާލޭގައި ވިލާގެ ޕެޓްރޯލް ޝެޑު ހުރީ ދަރުމަވަންތަ ހޮސްޕީޓަލް ކައިރިން، އަމީނީ މަގުގައެވެ. މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވިލާއިން އަންނަނީ ޕެޓްރޯލް ޝެޑެއް އޮޕަރޭޓު ކުރަމުންނެވެ. ވިލާގެ ބޭނުމަކީ ފެންވަރު ރަނގަޅު ކޮލިޓީ ހިދުމަތްތަކެއް ދިނުމެވެ.

ވިލާ ފިއުލްއިން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ހިދުމަތް ލިބޭނެއެވެ. އަދި ހުކުރު ދުވަސްތަކުގައި މެންދުރު ފަހު 2:00 އިން 11:00 އަށް ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައެވެ.