1442 ވަނަ އަހަރުގެ އެންޒީގެ ރަމަޟާންމަހުގެ ހާއްސަ ޕްރޮމޯޝަނަލް ކެމްޕެއިން 'އަރިހުގައި' މިއަދު އިފްތިތާޙް ކޮށްފިއެވެ.

ވަރަށް ހާއްސަ މެސެޖަކާއިއެކު ކެމްޕެއިންގެ އިފްތިތާހީ ވީޑިއޯ ރޭގެ ވަގުތެއްގައި އެންޒީއިންވަނީ މީސް މީޑިއާއަށް ދޫކޮށްލާފައެވެ. މިއާއިއެކު މިއަދު ވަނީ އެންޒީގެ ކަސްޓަމަރުންނަށް ރޯދަމަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ.

އެންޒީން މައުލޫމާތުދޭ ގޮތުގައި މި ޕްރޮމޯޝަންގައި އެންޒީގެ ފިހާރައަކުން ނުވަތަ އޮންލައިންކޮށް 200ރ އިން މަތީގެ ވިޔަފާރި ކުރައްވާ ކަސްޓަމަރުން އޮޓޮމެޓިކުން ނަސީބެ ގުރުއަތެއްގައި ބައިވެރިވާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވިކަމުގެ އެސްއެމްއެސްއެށް 200ރ އިން މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ކަސްޓަމަރަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ. މިއަދުން ފެށިގެން ކޮންމެ ހަފްތާއަކުވެސް 2 ނަސީބުވެރިން އެންޒީއިން ހޮވާނެއެވެ. އަދި ކޮންމެ ނަސީބުވެރިއަކަށް 5000ރ ގެ ފައިސާގެ އިނާމެއް ލިބިވަޑައިގަންނަވާނެއެވެ.

ފިތުރު އީދު ބަންދުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ. އެންޒީއިން ވަނީ ރޯދަމަހާ ގުޅިގެން ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމަށް ތައްޔާރުވެފައެވެ. މިފަދަ ގިނަ ފައިދާހުރި ޚިދުމަތްތަކަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް 'އަރިހުގައި' ކެމްޕެއިންގައި އިތުރު ސަރޕްރައިސަސްތައް ހިމެނޭނެ ކަމަށް އެންޒީއިން ވަނީ ބުނެފައެވެ.

އެންޒީއީ އިން ބުނީ ކޮވިޑް-19ގެ ދިފާޢުގައި މަސައްކަތް ކުރުމަށް އެންޒީއިން ވަނީ އަތުކުރި އޮޅާލާ ތައްޔާރުވެފައެވެ. މިހެންކަމުން އެންޒީގެ އޮންލައިން ޕޯރޓަލް ވަނީ އިތުރަށް ފުރިހަމަ ކުރެވިފައި ކަމަށާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ވިޔަފާރި ކުރެއްވުމަށް އެންޒީއިން އިލްތިމާސް ކުރެއެވެ.