ރޯދަ މަހާއި ދިމާކޮށް ރެޑްވޭވުން ފިޔާ އަދި އަލުވިގެ އަގު ހެޔޮ ކޮށްފިއެވެ.

ރެޑްވޭވުން ފިޔާ އާއި އަލުވި ވިއްކުން އަގުހެޔޮ ކޮށްފައިވަނީ ކޮންމެ އަހަރަކުވެސް ރޯދަމަހު އާންމުންނަށް ވެގެންދާ އުދަނގޫ ހައްލުކޮށްދިނުމުގެ ގޮތުންނެވެ.

ރެޑްވޭވުން ބުނީ، ކޮންމެ އަހަރަކު ވެސް ރޯދަ މަސް ވެގެންދަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، އާންމުން ގިނަ ކަންބޮޑުވުންތަކެއް އުފެދިގެންދާ މަހަކަށް ކަމަށެވެ. އެގޮތުން ހާއްސަކޮށް ފިޔާ، ބިސް އަދި އަލުވީގެ އަގު އަބަދުވެސް ބޮޑުވެގެންދާކަން ރެޑްވޭވުން ފާހަގަކޮށްފައިވެއެވެ.

ރެޑްވޭވުން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ އަމާޒަކީ އާންމުންނަށް އެތަކެތި ހެޔޮ އަގެއްގައި ރެޑްވޭވްގެ ފިހާރަތަކަން ފޯރުކޮށްދިނުމެވެ. އެގޮތުން އަލުވި އަދި ފިޔާ ކިލޯއެއް 10 ރުފިޔާއަށް މިއަދު އަގު ހެޔޮ ކޮށްފައިވާއިރު، ބިހެއް 1.5 ރުފިޔާއަށް މިހާރު ވެސް ރެޑްވޭވްގެ ފިހާރަތަކުން އަންނަނީ ވިއްކަމުންނެވެ.

ރެޑްވޭވްގެ އަމާޒަކީ ކޮންޓްރޯލްކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓްރޯލް ކޮށްގެން ނަމަވެސް ކަސްޓަމަރުންނަށް ރޯދަމަސް ނިމެންދެން ފިޔާބިސް އަލުވި ފޯރުކޮށްދިނުން ކަމުގައި އެކުންފުނިން މައުލޫމާތުދެއެވެ.