އަގުބޮޑު އިނާމްތަކާ އެކު ރެއިންބޯއިން މިއަހަރުގެ ރޯދަމަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ރަމަޟާން ސޭލް" ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

މިރޭ ރެންބޯ ލިވިންގް މޯލްގައި ބޭއްވި ރަސްމިޔާތެއްގައި ވަނީ، މި ފަހަރުގެ ސޭލްގެ ނަސީބުވެރިން ވަނީ އިއުލާން ކޮށްފައެވެ.

ކޮންމެ ނަސީބުވެރިއަކަށް 10 މީހުން ގޮވައިގެން ގޮސް ޝެލްބީންސް ރެސްޓޯރަންޓުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބޭ އިރުސޭލްގެ ބޮޑު އިނާމެއްގެ ގޮތުގައި 50000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓް ލިބޭ ތިން ފަރާތެއް މިރޭ ވަނީ ހޮވާފައެވެ.

ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި ރަސްމިޔާތުގައި ވަނީ ރެންބޯއަށް 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ މެދުގައި ގުރުއަތުނަގައި އެއް ފަރާތަކަށް އުމުރާ ދަތުރެއް ދީފައެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ރެއިންބޯއިން ކުރިއަށް ގެންދާ ސޭލެކެވެ. މިއަހަރުގެ ސޭލް ކުރިއަށް ގެންދިޔައީ މާޗް 27 ފެށިގެން ޖޫން 9 ގެ ނިޔަލަށެވެ. ސޭލުގެ މުއްދަތުގައި ރެއިންބޯގެ އަތޮޅުތެރޭގެ ފިހާރަތަކުންވެސް އެކި ބާވަތްތަކުގެ ތަކެތިން ޑިސްކައުންޓު ދީފައިވެއެވެ.

ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވުން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

އެ ކުންފުނިން ބުނީ މިއަހަރުގެ ޕްރޮމޯޝަނަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

ރެއިންބޯ އިން ބުނީ މި އަހަރުގެ ސޭލް ބޭއްވީ ރެއިންބޯ ލިވިން މޯލްގަ އާއި ރެއިންބޯ ބިލްޑްވެއާ، ރެއިންބޯ، ރެެއިންބޯ ޝޮޕް، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ ތިނަދޫގައި ކަމަށެވެ.