ވިލާ ކުންފުނިން ވިއްކާ 10 ލީޓަރުގެ ކައްކާ ގޭސް ފުޅިން 25 ރުފިޔާ އަގު ހެޔޮކޮށްފިއެވެ،

ވިލާއިން މިގޮތަށް ނިންމީ، ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭހުން ވިއްކާ 10 ކިލޯގެ ކައްކާ ގޭސްފުޅި އަކުން 25 ރުފިޔާ އަގުހެޔޮ ކުރިކަން އިއުލާނު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ.

އެ ކުންފުނިން ހާމަކުރިގޮތުގައި، އެތަނުން ވިއްކާ ގޭސްމިއަދުން ފެށިގެން ހެޔޮކުރި އަގުގައި ގޭސް ގަންނަން ލިބޭނެ ކަމަށެވެ.
ވިލާ ގޭހުގެ އަގަށް މިގެނައި ބަދަލާއެކު ކުރިން 200 ރުފިޔާ އަށް ލިބުނު ގޭސްފުޅިއެއް މިއަދުން ފެށިގެން 175 ރުފިޔާ އަށް ލިބޭނެއެވެ.

މޯލްޑިވް ގޭސް އިން ނިންމާފައި ވަނީ އެ ކުުންފުނިން ގޭބިސީތަކަށް ވިއްކަމުން އަންނަ ކައްކާ ގޭސް އަންނަ ޝައްވާލު މަހުގު ހަރޯދަ އާއި ހަމައަށް އަގުހެޔޮ ކުރުމަށެވެ. އެ ކުންފުނިންވެސް ގެނައި ބަދަލާއެކު، 10 ކިލޯގެ ގޭސްފުޅިއަކުން 25 ރުފިޔާ ވަނީ ހެޔޮކޮށްފައެވެ. އަދި އަގަށް ގެނެވުނު މި ބަދަލާއެކު ކުރިން 200 ރުފިޔާއަށް ވިއްކަމުން ދިޔަ ގޭސްފުޅިއެއް ދެން ވިއްކާނީ 175 ރުފިޔާއަށެވެ.

،މޯލްޑިވް ގޭހުންވެސް ގޭހުގެ އަގަށް މި ގެނައި ބަދަލާއެކު، މި އަގުގައި އަތޮޅު ތެރެއިންވެސް މޯލްޑިވް ގޭސް އިން ވިއްކާ ގޭސް ލިބޭނެއެވެ.

 

ADS BY ASTERS

4 ކޮމެންޓް

  1. ތެންކިއު ވިލާ .ވގަދަ ބައެއް

  2. ކިޔަވާ ކުއްޖާ

    ވިލާ ހަމަ ގަދައީއޭ

  3. ކޮޕީ ކެޓް... ހެހެހެ

  4. ކޮބާ ދިރާގު، ނެތްތަކަމެއް