އެސްޓީއޯގެ ގުދަނެއްގައި ޖަހާފައިވާ ކާޑު ބަސްތާތަކެއް

އެސްޓީއޯއިން ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. ތިރީގައި މިވަނީ ކޮންޓްރޯލް އަގަށް މިނިސްޓްރީން ގެނެސްފައިވާ ބަދަލެވެ.

ޒޯންތަކަށް ކޮންޓްރޯލް އަގު ކަނޑައަޅާފައިވަނީ މަޖޫރީ، ނާލު އަދި އެހެނިން ހަރަދުތަށް ހިމަނައިގެން ކަމަށް، މިނިސްޓްރީން މައުލޫމާތުދެއެވެ.

ޒޯންތަކުގައި ހިމެނޭ ރަށްތަކުގައި ކާޑުގެ ބާވަތްތަށް ވިއްކަން ވާނީ، ކޮންޓްރޯލް އަގަށްވުރެ ބޮޑުނުވާގޮތެއްގެ މަތިން ކަމަށާއި، ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގުގައި، ކާޑުގެ ބާވަތްތަށް ވިއްކުމަކީ މަނާކަމެއް ކަމަށް، މިނިސްޓްރީން ހާމަކުރެއެވެ.

ބޮޑު އަގުގައި ތަކެތި ވިއްކުމަކީ، އާއްމު ކަމަކަށް ވެފައިވާއިރު، މާލޭގައި ވެސް ބައެއް ފިހާރަތަކުން، ކޮންޓްރޯލް އަގަށް ވުރެ އެއް ރުފިޔާ ބޮޑުކޮށް، ތަކެތި ވިއްކަމުންދެއެވެ،

އެސްޓީއޯއިން ކާޑުގެ ބާވަތްތަކުގެ އަގަށް ބަދަލު ގެނައީ މިދިޔަ މަހުއެވެ. އެ ބަދަލާއެކު ހަނޑޫ އަދި ހަކުރުން 15 އިންސައްތަ އަދި ފުށުން 12 އިންސައްތަ ހެޔޮކުރަން އެސްޓީއޯއިން ވަނީ ނިންމާފައެވެ.

ADS BY SHEESHA

މި ބަދަލާއެކު ހަނޑޫ އަދި ހަކުރު ބަސްތާއަކުން 60ރ. ހެޔޮވާނެ އެވެ. އަދި ފުށް ބަސްތާއަކުން 35ރ. ހެޔޮވާނެ އެވެ.

28 ކޮމެންޓް

  1. ނޫނޭ ޝުކުރުވެރިވާނެކަމެއްނެތް ކެރަފާ ނަޝީދުގެ ފަހަތުން ދުވޭ...! އޭރުން އެކަލޭގެ ކަލޭމެންނަށް ކަލިޔާބިރިންޖީ ކާންދޭނެ...!!!

  2. ވޯޓުގެ ނަތީޖާ މިފެންނަނީ.

  3. ދޮންމީހުން އުޅޭގޮތަށް އުޅުމުގެ ހުއްދަ ދިނީމަ މިމީހުންއުފާވާނީ

  4. ާއަހުމަދު

    ސަރުކާރުން ކަނޑަ އަޅާ އަގަކަށް ކާޑުގެ ބާވަތްތައް ވިއްކޭނެ އަގަށް ފިހާރަ ތަކަކަށް ނުލިބެ.

    • ރަގަޅު ވާހަކައެއް. އަދި ބަސްތާއަކުން 50 ކިލޯ ނުވެސް ކިރޭ. އަދި ވިއްކަނީމި ކޮތަޅަށް އަޅައިގެން މި އިން ކަމަކަށް އަގުހެދި މީހަކު ވިސްނާލި ހެންނެއް ހިއެއް ނުވޭ.

  5. ކީއްކުރާ ލާރިކޮޅެއްތަ ލާފަ އެއިންނަނީ. ފިހާރަތަކުން ބާކީވާ ލާރިކޮޅު ނުދޭ.ވައމީހުންނަށްސބާކީސލާރޮކޮޅު. 97. 7 ވީމަ މިކިއެނީ 8 ރުފިޔާއޭ ނޫންތަ؟

  6. ބޭނުމީ ވެރިކަން ކޮންމެކަމެއްކުރިޔަސް ތާއީދެއް ނުކުރާނެ އެއްގޮތަކަށްވެސް އަގެއްކުޑަކުރާނެކަމެއްނެތް ޕީޕީއެމް ތާއީދުކުރާމީހުންކަިރީ އަހަންވީ ކީވެތޮ ޕާޓީއަށް ވޯޓް ނުދިނީ

  7. ޖަޕާނުން ކޮންމެ އަހަރަކު ހިލޭ ދޭ ކާޑު ކޮބާ؟

  8. އިބުރާހީމް

    ކިތައްމެ ރަގަޅު ކަމެއްކުރިއަސް ޤަބޫލުނުުރުމަކީ ޖަނަވާރުންގެ ސިފައެއް. ޔާމީން އަކީ މިގައުމުދުން އެންމެ ޤާބިލް ރައީސް. ރައްޔަތުންނަށްޓަކައި އެންމެ ގިނަ ކަންކަން ކޮށްދެއްވި ރައީސް. ކާޑުގެ ބާވަތްތައް އުފައްދާ ގައުމުތަކަށްވުރެ ދެގުނައަާށް އަގުހިޔޮވީމާ ތިޔަބޭފުޅުން ހައިރާނެއްނުވޭތަ؟ އިންޑިއާ ފަދަ ގައުމުތަކަށްވުރެވެސް އެންމެ އެޔޮކޮށް ކަޑުގެ ބާވަތްތައް ލިބޭ ގައުމަކީ މިދިވެހިރާއްޖެ. އެކަން ޤަބޫލުކޮށްބަލަ! ޝުކުރުވެރިވާން ދަސްކޮށްބަލަ!

    • ވައްކަން ކުރުމަށް އެންމެ ޤާބިލު ރައީސޭ ތިބުނީ؟ ކުރިން ހުރި އަގުގަ ލިބުނީމަ ނޫނީ ހެޔޮކުރިކަމަށް ޤަބޫލެއް ނުކުރާނަން

    • ކޮށްކޯ އަހަރެމެން ހައިރާންވަނީ ވެރިއަކައްހުރި މީހާޔައް ސަރުކާރު ހިންގަންނޭންގި އަތައްގޮވާތީ ހިތައްއަރާ ކޯއްޗެއް ހަދަންބާއޭ މިއުޅެނީ. ދެންހެވޭ ކާޑުހިލޭދިނަސް މަގޭސަލާން...

  9. ކުޑަކުރާކަށް ނުފެނެ

  10. ޝުކުރިއްޔާ ރައީސް ޔާމީން

  11. ވަރިހަމަ.. އެކަމަކުވެސް ވޯޓެއް ނުދޭނަން..

  12. މަހީހީ ހަލާކު

  13. ކަމަކުނުދޭ

  14. ވަރަށް ރަގަޅު. އުންމީދުކުރަން އަގުތައް ބަދަލު ނުވެ ހުންނާނެ ކަމަށް ރޯދަ ނިމެންދެން

  15. އެބަ ރަނގަޅުވޭ...މިކަން ކުރަން ވެއްޖެތާ ކިތަންމެ ދުވަހެއް...

  16. ވައޫ. ގުޑް ނިއުސް!

  17. ސަލާންޖަހާ މީހާ

    ވ.ބޮޑަށް ޝުކުރިއްޔާ ހެހެހެ

  18. އާލް ސަލީމް

    މިފަހަރު އެސްޓީއޯއިން ހެޔޮ ކުރީމަ ދޯ ކޮންޓްރޯލް އަގު ބަދަލު މިވީ. އަސްލު ރާއްޖޭގަ ކާޑު ވިއްކާ އަގު ރަނގަޅު.

  19. ސަލާންޖަހާ މީހާ

    ރައީސްގެ ހެޔޮފުޅުކަމާއެވެ ހެހެހެ

  20. ޝުކުރިއްޔާ ޔާމީން... ޝުކުރިއްޔާ ގައުމު.. ޝުކުރިއްޔާ މެޑަމް އެހެންތަ ކިޔަންވީ ދެން..

  21. ދެންވީ ސަރުކާރަށް ސަނާކިޔަން؟ ބަލަ އަހަރުމެން ބުއްދި ސަލާމަތުން ހުއްޓައޭ އަގު ބޮޑުކުރީވެސް. މިވެސް ހަމަ ކެމްޕެއިން ޓެކްނިކްސް.. ވަރަށްވާހަކަމީ...

  22. ބްރޭކިން ނިއުސް ހަދައިގެން ގެންނަ ވަރު ހަބަރެއްތަ ތީ ބޮޑު ކޮށްގެން... ރައްޔިތުން އެހާ ގަޅިއެއް ނޫން.. 100 ރުފިޔާއަށް ލިބުނު އެއްޗެއް 1000 އަށް ބޮޑުކޮށްފަ ފަހުން 800 އަށް ހެދީމަ އެ ކުރެވުނީ ވަރަށް މޮޅުކަމެއް ތިވާހަކަވާނެ ހަބަރު ހަދައިގެން ގެންނަން ކުރިޔަށް އޮތް 2 މަހުވެސް.

  23. ހާދަ ހެޔޮ ފުޅޭ...ރިޔާސީ އިންތިހާބަށް ދެ ތިން މަހަށް ވެލީމަ ކުރޫގެ އަގަށް ވެސް އަދި ލިބޭނެ ކާޑު...

  24. އަދި ވެސް ކުރިޔަށް ވުރެއް އަގު ބޮޑު ކުރިން ލިބުނު އަގަށް ލިބުނީމަ ނޫނީ ޤަބޫލެއް ނުކުރާނަން އަގު ހެޔޮ ކުރީކަމަކަށް... ތިހެން ރައްޔިތުން ބޮލަށް ޗިޕުޖަހަން ނޫޅޭ... ބަލަ 50 ރުފިޔާއަށް ލިބޭ މުދަލެއްގެ އަގު 100 އަށް ބޮޑު ކޮށްފަ ފަހުން 75 ރުފިޔާއަށް ހެދިޔަސް އެއީ ސަރުކާރުގެ ހެޔޮފުޅުކަމުން އަގު ޖެޔޮ ކުރީއޭ ނުބުނެވޭނެ

  25. ހަމަ އިލެކްޝަނެއް ގެއްލޭ އިރަށް ކާޑުގެ ބާވަތްތައް އަގު ހެޔޮ ކޮށްފަ ހަމަ މޮޅުވާއިރަށް އަގު ބޮޑު ކޮށް، ނުވިތާކަށް އާސަންދަ ކަނޑާލާ، މީ ކުޅޭ ކުޅިވަރެއްތަ އަޅެ ފަހެ؟؟