އުފާވެރި ޒަވާޖީ ހަޔާތެއް ހޯދަން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. އެގޮތުން ކޮންމެ ދެމަފިރިޔަކު ވެސް ބޭނުންވާނީ ވީހާވެސް ހަމަޖެހިގެން އުފާވެރިކަމާއެކު ދިރިއުޅޭށެވެ. މިކަން ކުރަން ބޭނުންވާ ނަމަ ހޯދަންވީ މާމުޔަކީ މިއީއެވެ. މި މާމުޔަކީ ތުރުކީ ވިލާތުގެ މަޝްހޫރު މާމުއި އެއް ކަމަށް ވާއިިރު މި މާމުޔަކީ ދެޖިންސްގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ މާމުއިއެކެވެ. ގުދުރަތީ ތަކެތިން އުފައްދާފައިވާ އޯގާނިކް މި މާމުޔަކީ ޔޫރަޕްގެ އިތުރުން ރާއްޖޭގައިވެސް މަޝްހޫރުކަން ލިބިފައިވާ މާމުޔެކެވެ.

މި މާމުއިގެ ސިފަތަކުގެ ތެރޭގައި "އިމްޕޯޓެންސް' އަށް ފަރުވާ ލިބުމާއި "ލިބީޑޯ" ބޫސްޓްކޮށްދިނުމުގެ އިތުރުން ޖިންސީ ކުޅަދާނަކަން އިތުރުކޮށްދީ އެކަމުގެ ދުޅަހެޔޮކަން އިންތިހާއަށް އިތުރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މީހާގެ ހަކަތަ އިތުރުކޮށްދިނުމަށް ވެސް މި މާމުއި އެހީތެރިވެދެއެވެ. ސްޓްރެސް ފިލުވާލަން އެހީވެދޭ މިމާމުއިއަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ނަތީޖާ ފެންނަ މޮޅު އުފެއްދުމެއްކަން ފާހަގަކޮށްލެވެއެވެ. މިމާމުޢި އިން ލިބޭ އުފާވެރިކަމާއި ފައިދާ ތަޖުރިބާ ކުރެވުމުން މީގެ ދެވަނަ މާމުއި ފުޅިއެއް ގެއަށް ބޭނުންވުމަކީ މިކަމުގެ ހެއްކެކެވެ.

 

އެތައް ފައިދާތަކެއް ލިއްބައިދޭ މި މާމުއި ފުޅި ކޮންމެ ގެއެއްގައިވެސް ހުރުން ރަނގަޅެވެ. މިމާމުއި ލިބެން ހުންނާނީ، އޯގަނެކިން ވެލްނެސް ޕްރޮޑަކްޓްސްއާއި ކޮސްމެޓިކްސް ވިއްކުމުގައި ދިވެހިންގެ ބޮޑު މަޤުބޫލްކަމެއް ހޯދާފައިވާ ފިހާރަ، "އޮން ވީ " (En Vie) ފިހާރައިންނެވެ. އޯކިޑް މަގުގައި ހުންނަ މިފިހާރައިން މަޢުލޫމާތު ދިންގޮތުގައި، މާލެ އާއި އަތޮޅުގެ ތެރޭގެ ދިވެހިންގެ މަޤުބޫލުކަމާއި އިތުބާރާއި ޔަޤީންކަން މިމާމުއިއަށް ލިބިފައިވާތީ، މިހާރު ބޭނުންވަނީ އަތޮޅުތެރޭގައި މިމާމުއި ވިއްކާނެ އެޖެންޓުންތަކެއް ކަނޑައެޅުމަށެވެ.

މިހާރު ކޮންމެ ރަށަކުންވެސް އެއް އެޖެންޓް ކަނޑައަޅައި އެފަރާތަކަށް ޚާއްޞަ އަގުތަކެއްގައި މިމާމުއި ހޯލްސޭލްކުރުމަށް އޮންވީ އިން ވަނީ ނިންމާފައެވެ. އެހެންކަމުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިފިހާރައިގެ ނަންބަރު 7375959 އާއި ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް އެ ފިހާފައިން ބުނެއެވެ.

މިފިހާރައިން މިނޫނަސް ދިވެހިންނަށް އާއްމުކޮށް ދިމާވާ ބަލިތަކަށް ފަރުވާ ލިއްބައިދޭނެ ގިނަ ތަކެތި ލިބެން ހުންނަ ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ކޮލެސްޓްރޯލް މަތިވުން، ލޭ މައްޗަށް ދިއުން، އާތްރައިޓްސް، ހިތުގެ ބަލި، ހަމަ ނިދި ނުނިދުން ، ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ހާއްސަ މަލްޓިވިޓަމިންސް، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ކަށްޓަށާއި ދަތަށް ބޭނުންވާ ކެލިސިއަމް، ދަތް ހުދުކޮށް ހިރުގަނޑު ވަރުގަދަކުރުމަށް ހާބަލް ދަތް އުނގުޅާ ބޭސް، "އެކްޒީމާ އަދި ސޮރޮއިސިސް" ބައްޔަށް ޚާއްޞަ ހާބަލް ސަޕްލިމެންޓްސްގެ އިތުރުން އެތައް ވެލްނަސް ޕްރޮޑަކްޓެއް ލިބޭނެއެވެ.

ހަމައެހެންމެ ކަޅުދިރި ތެލާއި މާމުއި، ސިދުރު މާމުއި އާއި އަކާސިއާ މާމުއިގެ އިތުރުން މޮރޮކޯގައި އުފައްދާފައިވާ އެކިއެކި ވައްތަރުގެ އޯރގަނިކް މާމުއި އާއި އެކިއެކި ވައްތަރުގެ ނަޓްސް އާއި ޑްރައިޑް ފުރުޓްސްވެސް މިފިހާރައިން ލިބެން ހުރެއެވެ. ޑިޒައިނަރ ބްރޭންޑްގެ ސެންޓާއި ފަރެންސޭސި ވިލާތުން އެތެރެކޮށްފައިވާ ޕްރައިވެޓް ކަލެކްޝަންގެ ސެންޓުގެ އިތުރުން އެޤައުމުން ގެނެސްފައިވާ އޮރިޖިނަލް ޕާފިއުމް އޮއިލްވެސް މިފިހާރާއިން ލިބެން ހުންނަ އިރު އެ ފިހާރައިން ވިއްކާ މުދާ ހޯސޭލްކޮށް އަދި ރިޓެއިލްކޮށް ހޯއްދެވުމަށް 7375959 ގުޅުއްވުމަށް އެ ފިހާރައިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޮރު

    ތެންކިޔު ފޮރ ދިސް ހަނީ.

    14
    2
  2. ހާހާ

    ތިޔޮއް އިސްތިހާރެއް...ހުވާ ހީހީ ހަލާކުވެއްޖެ...

    16
    1
  3. ބޯ ޖަލީލު

    ދެން ދުނިޔޭގެ ރިކޯޑުފޮތުން ރައްޖެޔަށް ޖާގަލިބޭނީ ވަރިމަދުވެގެން

    10
  4. އައްބޭބެ

    މިހެންވެދޯ އިނގިރޭސިން ހަނީއޭ ބައިވެރިޔާއަށް މިކިޔަނީ. ހަނީމޫނަށްދާން ހަނީ ބޭނުންވާނެ.