މަގޫދޫގައި ހުންނަ ހަމައެކަނި ފިހާރަ - ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މިރެއިން ފެށިގެން އަންނަ ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެރެ އާއި ހަމައަށް ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރެއިން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހާއި ހަމައަށް އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ރޭގަނޑު 11:00 ކަމަށެވެ.

ރަމަޟާން މަހާއި ދިމާކޮށް ގެނައި މި ބަދަލާއެކު އާންމު ރައްޔިތުންނަށާއި ރަމަޟާން މަހަށް ވިޔަފާރި ކުރާ ފަރާތްތަކަށް ފަސޭޭހަ ވެގެންދާނެއެވެ،

މިހާރު އިމްޕޯޓު މުދާ ވިއްކާ ފިހާރަތައް އާންމުކޮށް ހުޅުވާފައި ހުންނަނީ ރޭގަނޑު 10 ޖަހަންދެންނެވެ.

1 ކޮމެންޓް

  1. ރަނގަޅު