ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ދިމާކޮށް ކާބޯތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަަށް ރެޑްވޭވުން ކާބޯތަކެތި އަގުތައް އަނެއްކާވެސް ހެޔޮކޮށްފިއެވެ.

ރެޑްވޭވުން ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފައައެވެ. އަދި މިއަދު އަނެއްކާވެސް އިތުރު ބައެއް ތަކެތީގެ އަގަށް ހެޔޮ ބަދަލުތަކެއް މިވަނީ ގެނެސްފައެވެ.

އެގޮތުން ގޭބިސީތަކުގައި އެންމެ ޢާންމުކޮށް ރޯދަމަހަށް ބޭނުންވާ ތަކެތީގެ ތެރެއިން އޮރެންޖު، ކެރެޓު، އިނގުރު، ލޮނުމެދު އަދި ލުނބޯގެ އަގު މިއަދު ރެޑްވޭވުން މިއަދު ވަނީ ހެޔޮކޮށްފައެވެ. އެގޮތުން އޮރެންޖެއް 3 ރުފިޔާއަށް، ކެރެޓު ކިލޯއެއް 25 ރުފިޔާއަށް ހުރިއިރު އިނގުރު ކިލޯއެއް ހުރީ 45 ރުފިޔާއަށެވެ. އަދި ލޮނުމެދު ކިލޯއެއް 35 ރުފިޔާއަށް ލިބޭއިރު ލުނބޯ ކިލޯއެއްގެ އަގު މިވަނީ 30 ރުފިޔާއަށް ހެޔޮކޮށްފައެވެ.

އަދި މިތަކެތި މިއަގުތަކުގައި ރޯދަމަހުގައިވެސް ހިފެހެއްޓުމަށްޓަކައި ރެޑްވޭވްގެ އަމާޒެއްކަމުގައި އެކުންފުނިން މައުލޫމާތު ދެއެވެ.

ރެޑްވޭވުގެ އަމާޒަކީ އެންމެ ހެޔޮއަގުގައި ކާބޯތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހާއްސަކޮށް ރަމަޟާންމަހު ރައްޔިތުންނަށް ލުއިކޮށްދީ އަގުތައް ހެޔޮކޮށްދިނުމަށް ދުރާލާ ރެޑްވޭވުން ވަނީ މަސައްކަތް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  ވަރަށް ރަގަޅު! މަ އުއްމީދުކުރަން އެހެން ވިޔަފާރިވެރިންވެސް މިގޮތަށް ކަންކުރާނެކަމަށް

  14
  1
 2. އިއްބެ

  ރެޑްވޭވަށް ކާމިޔާބީއާއި ަނަވަސްކަމާ އުފާފަގަތި ދުވަސްަކަކަށް އެދެން. ހުރިހާ ވިޔަފާރިވެރިންނާ ދަނޑުވެރިންވެސް މިކަންމިގޮތަށް ކުރުން ރަގަޅު މިކަމުގެ ސަބަބުން ވިޔަފާރިއަށްވާނީ ގެއްލުމެއްނޫން ހުރިހާގޮަކުންވެސްވާނީ ރަގަޅު. ކަޑޫދޫ ދަނޑުވެރިންވެސް މިކަމާ ވިސްނާނެކަމަށް އުންމީދުކުރަން.

  12
  1
 3. Anonymous

  ޟުކްރަން