ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން ޒިއޯމީއިން ނެރޭ ޕޯކޯގެ ފޯނުގެ އާ މޮޑެލް "ޕޯކޯ އެމް-3"ގެ އާ ސްޓޮކެއް ގެނެސް ސޮއްޓިބިޒް އިން ވިއްކަން ފަށައިފިއެވެ.

ޕޯކޯ އެމް3 އަކީ ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު ނެރުނު ފޯނެކެވެ. މި ފޯނުގެ އެންމެ ހާއްސަ ކަމަކީ ގިނަ ވަގުތު ބެޓަރީ ހިފަހައްޓައި ދިނުމެވެ. ބެޓަރީ ލައިފް ޓެސްޓުގައި 154 ގަޑިއިރު ވަންދެން މި ފޯނުގެ ބެޓަރީ ހިފަހައްޓައި ދޭ ކަމަށް ވަނީ ދައްކައިފައެވެ. އެހެންކަމުން ޕަބްޖީ އާއި ކޯލް އޮފް ޑިއުޓީ އަދި ނީޑްފޯ ސްޕީޑް ފަދަ ގޭމްތައް ކުޅޭ މީހުންނަށް މި ފޯނު ކަމުދާނެއެވެ.

ސޮއްޓިބިޒް އިން ވަނީ މި ފޯނުތައް ރޯދަ މަހާ ދިމާކޮށް ހާއްސަ އަގެއްގައި ވިއްކަން ފަށައިފައެވެ. އެ ފިހާރައިގެ ރޯދަ ސޭލްގެ ދަށުން މިހާރު ޕޯކޯ އެމް3 ފޯނެއް އެންމެ 3،850ރ. އަށް ލިބޭނެއެވެ. މިއާއެކު އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް ލިބޭނެއެވެ.

ޕޯކޯ އެމް3ގެ ބައެއް މުހިންމު ފީޗާތައް

- ފޯނުގެ ސައިޒް: 6.53 އިންޗި
- ޑިސްޕްލޭ: ކޯނިން ގޮރިއްލާ ގްލާސް 3
- ފޯނުގެ އޯއެސް:ނ އެންޑްރޮއިޑް 10، އެމްއައިޔޫއައި 12
- މެމޮރީ: 4ޖީބީ ރެމް، 128ޖީބީ
- ކެމެރާ: ސެލްފީ ކެމެރާ 8 މެގަޕިކްސެލް، ބެކް ކެމެރާ 48 މެގަޕިކްސެލް
- ބެޓަރީ: 6000މިލިއެޕް އަވަރސް


ސޮއްޓިބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަންގ، ޒިއޯމީފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ. މި ފިހާރަ ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.