ވަލްޑޯފް އޮސްޓްރިއާ އިތާފުށިން މި މަހު ސާވިސް ޗާޖްގެ ގޮތުގައި ކޮންމެ މީހަކަށް 2،000 އަށް ވުރެ ގިނަ ޑޮލަރު ދީފިއެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ބުނީ އިތާފުށިން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 2،433 ޑޮލަރު (37،516.8ރ.) ދީފައިވާ ކަމަށެވެ. މިއީ މި މަހުގެ ތެރޭގައި ސާވިސް ޗާޖްގެ ގޮތުގައި އެންމެ ބޮޑު އަދަދެއް މުވައްޒަފުންނަށް ދިން ރިސޯޓެވެ.

އިތާފުށީގެ އިތުރުން ވެލާ ޕްރައިވެޓް އައިލެންޑުން ވަނީ މި މަހު ސާވިސް ޗާޖުގެ ގޮތުގައި 2،303 ޑޮލަރު (35،512ރ.) ދީފައެވެ. ވެލާއަކީ ވަރަށް ގިނަ އިން ސާވިސް ޗާޖްގެ ގޮތުގައި މުވައްޒަފުންނަށް ބޮޑެތި އަދަދުތަކެއް ދެމުން އަންނަ އަގު ބޮޑު ރިސޯޓެކެވެ.

މި މަހު 1،000 ޑޮލަރަށް (15،420ރ.) ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބެހި ރިސޯޓުތަކުގެ ތެރޭގައި ވައްކަރު މޯލްޑިވްސް، ޖޯލި މޯލްޑިވްސް އާއި ނިޔާ އަދި ފޯ ސީޒަން އާއި ނޯޓިލަސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހުމްމަދު.

    އިތާފުށީ ގައި ގިނައީ ބިދޭސީން.ޝުކުރީޔާ އިކޮނޮމިކް މިނިސްޓަރ

    11
  2. ހުދުކާޅު

    ތިތަންތަނުގައި ތިބި ދިވެހި ސްޓާފުންނާ ބޭރު ސްޓާފުންގެ އަދަދު ހާމަކޮށްލިނަމަތާ އަހަރެމެން އުފާކުރާނީ

  3. އާދަމުގެދަރި

    ދައުލަތުގެ އާދައިގެ މުވައްޒަފެއްގެ މުސާރަ 5 ހާސް ރުފިޔާ. ސިވިލް ސަރވިސްގެ މުސާރަ ބޮޑުނުކުރާތާ 12 އަހަރުވެއްޖެ. ސިވިލް ސަރވަންޓުންގެ ފަރާތުން ޚިދުމަތް ނުލިބޭތީ ޝަކުވާކުރާ މީހުންނާއި ވާހަކަދައްކާ މަޖިލީހުގެ މެންބަރުން މިކަމާމެދު ބުނަނީ ކީކޭތޯ؟ ރިޒޯޓެއްގެ މުވައްޒަފަކަށް މިވަރު ލިބޭއިރު ސިވިލް ސަރވަންޓުންނަށް ހައްގުވާ މިންވަރުތޯ މިލިބެނީ؟

    2
    1