މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ފޯންގެ ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބައި މޯބައިލްއިން އެ ކުންފުނީގެ ތިން ވަނަ ފިހާރަ މާލޭގައި ހުޅުވައިފިއެވެ.

މި ފިހާރަ ހުޅުވާފައި ވަނީ މޭވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ.

އޮރިޖިނަލް ފޯންތައް ވިއްކުމުގައި ބޮޑު މަގްބޫލުކަން ހޯދާފައިވާ ބެސްޓް ބައި މޯބައިލް އިން އަލަށް ހުޅުވި މި ފިހާރައަކީ ޖާގަ ތަނަވަސް ފިހާރައެެކެވެ.

މި ފިހާރަ ހުޅުވާފައި ކުރިން މާވެޔޮ މަގުގައި ފަތަހަ ގޯޅި ތެރޭގައި ހުރި ފިހާރަ ބަންދު ކުރުމަށް ފަހުއެވެ. އެހެން ނަމަވެސް އެ ފިހާރައަށް މިހާރު އެހެން މުދާތަކެއް ގެނެސްގެން ވިޔަފާރި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެތަަނުން ދެން ވިއްކާނީ ކޮލެޓީ ބެޑްޝީޓް ފަދަ އެއްޗެއްސެވެ. އަންނަ މަހު އެ ފިހާރަވެސް ހުޅުވާނެ އެވެ.

ބެސްޓް ބައި މޯބައިލް ކުންފުނީގެ ފިހާރަތަކަކީ އެޕަލްގެ އޮރިޖިނަލް ޕްރޮޑަކްޓްތަކާއި، އަދި ސެމްސަންގގެ އެންމެ ފަހުގެ ފޯންތަކާއި، އަދި ފޯނާއި ގުޅުން ހުރި އެސެސަރީސް އާއި ޕީއެސްގެ އެންމެ ފަހުގެ އެއްޗެހި ލިބެން ހުންނަ ފިހާރަތަކެއްކަން ފާހަގަކޮށްލަަން ޖެހެއެވެ. މި ޕްރޮޑަކްޓްތައް އެންމެ އަގުހެޔޮކޮށް ލިބޭނީ މި ފިހާރައިންނެވެ.

ބެސްޓް ބައި މޯބައިލް އިން ބުނީ އާ ފިހާރަ ހުޅުވުމާއި ގުޅިގެން އެތަނުން ޕްރޮމޯޝަނެއްވެސް ފަށާފައިވާ ކަމަށެވެ. އެެގޮތުން އެތަނުން 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

"އަލަށް ހުޅުވި މި ފިހާރައާއެކު ކުރިއަށްގެންދާ ޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން މި ލިބެނީ ކޫޕަނެއް، މި ކޫޕަން ލިބެނީ ފުރަތަމަ އަންނަ 200 ކަސްޓަމަރުންނަށް، އެ ކޫޕަން ފުރާލާފައި ހަވާލު ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފުރަތަމަ ފަރާތަަަށް މިލިބެނީ ސެމްސަންގް ގެލެކްސީ އޭ4ވަން ފޯނެއް ދެވަނަ ފަރާތަށް ވާވޭ ފްރީބަޑްސް3 ލިބޭއިރު، ތިންވަނަ ފަރާތަށް ލިބޭނީ ޖޭބީއެލް ގޯ3 ސްޕީކަރެއް”. އެ ފިހާރައިން މައުލޫމާތު ދެއެވެ.

ބެސްޓް ބައި ކުންފުނީގެ ފިހާރަތަކުން އިންސްޓޯލްމެންޓް މެދުވެރިކޮށް އެ ކުންފުނިން ދޫކުރަމުން ދާނެ އެވެ. އަދި މި ކުންފުނީގެ ފިހާރަތަކުން މާލެ ސަރަަހައްދަށް ފްރީ ޑެލިވަރީ ހިދުމަތް ދެމުންގެންދާއިރު، ބޯޓުތަކަށްވެސް ޑެލިވަރީ ހިދުމަތް ދެމުންގެންދެއެވެ. އަދި ބެސްޓްބައިގެ މާވެޔޮ މަގު ފިހާރައިން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ.