މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އެސްޓީއޯ އިން ފިޔާ އަލުވި އަދި ބިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯ އިން ވިދާޅުވެފައި ވަނީ މިއަހަރުގެ ރަމަޟާންމަހަށް ޚާއްސަ ކުރި އަގެއެއްގެ ގޮތުގައި ފިޔާ ކިލޯއެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 9.50 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާއަށެވެ.

އަލުވީގެ އަގުތަކަށް ބަލާލާއިރު އަލުވި ކިލޯއެއް އެސްޓީއޯ އިން ވިއްކުމަށް ހަމަޖެހިފައި ވަނީ 9 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއް 185 ރުފިޔާއަށް ވިއްކާނެކަމުގައި އެސްޓީއޯ އިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރަމަޟާން މަހަށް އެސްޓީއޯއިން ބިހެއް ވިއްކުމަށް ހަމަޖެހިފައި ވަނީ 1.40 ރުފިޔާއަށެވެ. ބިސް ކޭހެއްގެ އަގަކީ 265 ރުފިޔާއެވެ.

އެސްޓީއޯއިން ރަމަޟާން މަހާއި ދިމާކޮށް ފިޔާ އަލުވި އަދި ބިހުގެ އަގު ހެޔޮ ކުރިއިރު މިތަކެތީގެ އާ ސްޓޮކްއެއް ވަނީ ގެނެސްވިއްކަން ފަށާފައެވެ.

ރަމަޟާން މަހާއި ދިމާކޮށް އާއްމުކޮށް ބޭނުންކުރާ ތަކެތީގެ އަގުތައް އުފުލެމުންދާ ކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. ނަމަވެސް އާއްމުކޮށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވެގެން ދިޔަ ނުދީ ކޮންޓްރޯލް ކުރުމުގައި އެސްޓީއޯ އިން ކޮންމެ އަހަރަކު ވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ.