ރާއްޖެއަށް ތަފާތު ގިނަ އުފެއްދުންތަކެއް އެތެރެކޮށް ހޯލްސޭލްކޮށް އެތަކެތި ވިއްކަމުން އަންނަ ބެންހޭމް އިންޓަނޭޝަނަލް އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބެންހޭމްގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެކުންފުނިން ވިއްކާ ޖެންޓެލް ބްރޭންޑްގެ އުފެއްދުންތަކަށް މި ޕްރޮމޯޝަންގައި ސެނެޓައިޒާ އާއި ތުވާލީގެ އަގު ވަރަށް ބޮޑަށް ހެޔޮ ކޮށްފައިވާ ކަމަށެވެ. ބެންހޭމް އިން ވަނީ ތަފާތު ވައްތަރުތަކެއްގެ ސެނެޓައިޒާ ރާއްޖޭގައި ވިއްކަން ފަށާފައެވެ. ބެންހޭމް އިން ވިއްކާ ސެނެޓައިޒާތަކުގެ ތެރޭގައި ލެވެންޑާ، ޖޭސްމިން، ސްޓޯބެރީ، ސިނަމަން އަދި އެލޯވެރާގެ މީރު ވަސް ދުވާ ސެނެޓައިޒާ ހިމެނެއެވެ.

"މިސެނެޓައިޒާތަކަކީ ހާއްސަކޮށް ގެސްޓްހައުސްތަކާއި، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ވަރަށް މަގުބޫލް ސެނެޓައިޒާތަކެއް. އަޅުގަނޑުމެންނަށް ލިބެމުން އަންނަ ކޮމެންޓް ވެސް ވަރަށް ރަނގަޅު. އެހެންވެ އަޅުގަނޑުމެން މިވަނީ ރަމަޟާން މަހަށް ސެނެޓައިޒާގެ އަގު ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފައި." ބެންހޭމްގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބެންހޭމް އިން ދެން އަގުހެޔޮކޮށްފައި ވަނީ އެކުންފުނިން ވިއްކާ ތުވާލީގެ އަގެވެ. އާއްމުކޮށް ބޭނުންކުރާ ތުވާލީގެ އިތުރުން ޖިމަށް ދާއިރު، ނުވަތަ ކަސްރަތު ކުރާއިރު ބޭނުންކުރާ ކުދި ސައިޒްތަކުގެ ތުވާލި ވެސް އެކުންފުނިން ވިއްކައެވެ. އެކުންފުނިން ގެންދަނީ 30 އިންޗިއާއި 60 އިންޗި އަދި 17 އިންޗިއާއި 40 އިންޗީގެ ތުވާލި ވިއްކަމުންނެވެ. މިތުވާލިތަކުގެ އަގު ވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ބެންހޭމް އިން ގަންނަ ތަކެތި މާލެ، ހުޅުމާލެއަށް އަދި ބޯޓަށް އިތުރު ޗާޖެއް ނެގުމެއްނެތި ޑެލިވާ ކޮށްދޭނެއެވެ.

ބެންހޭމް އިން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7779493 ނުވަތަ 9806721 އަށެވެ. އެކުންފުނީގެ އުފެއްދުންތަކުގެ މައުލޫމާތު ކުންފުނީގެ ހޮޓްލައިން ނަމްބަރުތަކުން ލިބޭނެއެވެ.

ބެންހޭމް އިން ގެންދަނީ ގެސްޓްހައުސްތަކަށް ބޭނުންވާ އިތުރު ބައެއް ތަކެތި ވެސް ވިއްކަމުންނެވެ. އޭގެތެރޭގައި ބެޑްޝީޓާއި، ބާލީސް ފަދަ ތަކެތި ހިމެނެއެވެ.