ތަލަ ވުމަކީ ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ހާއްސަކޮށް ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ މި މައްސަލައާއި ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. ނަމަވެސް އެފަދަ މީހުންގެ މޫނަށް މިއަދު މިވަނީ ހިނިތުންވުން ގެނެސްދީފައެވެ. ތަލަވުމުން އިސްތަށި ދެން ނުފަޅާނައޭ ބުނާ ބޯދާ ބުނުން މިއަދު މިވަނީ މާޒީގެ ފަތްފުށްތަކުގެ ތެރެއަށް ގޮސްފައެވެ.

އެއީ "އަޑިވޯރޝީ ނޭޗުރަލް ހާބަލް އޮއިލް" ގެ ސަބަބުންނެވެ. ނަތީޖާ ފެންނަ މި ހާބަލް ތެލަކީ އެ ތެލުގެ ސަބަބުން ހީވެސް ނުކުރާ ފަދަ ފައިދާތަކެއް ވާ ތެލެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އެ ތެޔޮ ބޭނުންކޮށްގެން ބޮލުގައިވާ ތަލަ ފޮރުވޭ ކަމެވެ. އަދި މިއީ ރާއްޖޭގައި އެތެރެ ކުރާ ނަތީޖާ ފެންނަ ހަމައެކަނި ތެޔޮވެސް މެއެވެ. އަޑިވޯރޝީ ނޭޗުރަލް ހާބަލް އޮއިލް އަކީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ހާއްސަ ތެލެއް ނޫނެވެ. އެހެން ކަމުން ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް މި ތެޔޮ ބޭނުން ކުރެވިދާނެއެވެ.

ބޮލުގެ ތަލަ ފޮރުވައިދިނުމުގެ އިތުރަށް ބޮލުން އިސްތަށި ފޭބުމާއި ، ހަންފޮޅުން ފަދަ ކަންކަންވެސް މި ތެލުގެ ސަބަބުން ދުރުކޮށްދެއެވެ. އަދި މި ތެލުން އިސްތަށިގަނޑު ރީތިކަން މަތީ ބަހައްޓާދީ އިސްތަށިގަނޑު ވަރުގަދަކޮށްދީ އަވަހަށް ދިގުކޮށްދޭވެސް މެއެވެ. އެހެންކަމުން އަޑިވޯރޝީ ނޭޗުރަލް ހާބަލް އޮއިލް އަކީ އެއް ތެލަކުން ގިނަ ފައިދާތަކެއްވާ ތެލެކެވެ.

މި ތެޔޮ ރާއްޖެ އެތެރެކޮށް ވިއްކަނީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މޫސާ ސާއިދެވެ. އަދި މި ތެޔޮ ލިބެން ހުންނާނީ އޭނާގެ ފޭސްބުކް ޕޭޖް "ޝިމާ ޓްރެންޑްސް" އިންނެވެ.

ރޯދަމަހާއި ދިމާކޮށް މި ތެލުން ހާއްސަ ޑިސްކައުންޓްތަކެއް ލިބިގެން ދާއިރު ގިނަ ބައެއްގެ އެދުމުގެ މަތިން އަޑިވޯރޝީ ހާބަލް އޮއިލްގެ ރޯދަ ޕްރޮމޯ ގެ މުއްދަތު ވަނީ އިތުރު 6 ދުވަހަށް އިތުރުކޮށްފައެވެ. އެހެންކަމުން މި ޕްރޮމޯޝަން ނިމެން ދެން އޮތީ 12 ދުވަހެކެވެ.

އެގޮތުން ޕްރޮމޯޝަންގެ ދަށުން ކުރިން 690 ރުފިޔާ އަށް ވިއްކި 100 އެމްއެލްގެ ފުޅި މިހާރު ލިބެން ހުރީ 580 ރުފިޔާއަށެވެ. އަދި 200 އެމްއެލް އަދި 500 އެމްއެެލްގެ ތެޔޮ ފުޅިން ވަނީ ޕްރޮމޯޝަންގައި ވަރަށް ބޮޑަށް އަގުހެޔޮކޮށްފައެވެ.

އެގޮތުން ޕްރޮމޯޝަންގެ ތެރޭގައި 200 އެމްއެލްގެ ފުޅިއެއް ލިބޭނީ 950 ރުފިޔާއަށެވެ. އަދި 500 އެމްއެލްގެ ފުޅިއެއް ލިބޭނީ 2100 ރުފިޔާއަށެވެ. މިއީ ކުރީގެ އަގާ ބަލާއިރު ވަރަށް ބޮޑުތަން އަގުހެޔޮ އަދަދެކެވެ.

މި ތެޔޮ ބައްލަވައިގަތުމަށް ނުވަތަ ތެލާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅުއްވާނީ 7336600 ނުވަތަ 9544544 ނަމްބަރު ފޯނަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މީޔަގީން ތެލެއްތަ ހާގަބޫލުކުރަން ދަތިއޭ

 2. ތިގަނެފިން ބޮޑުއަގުދީފަ، 3 މަސްވީ އިރުވެސް ވީކަމެއްނެތް، މާފަހުން މިވިސްނުނީ އިސްތިހާރުގަ އިންނަ މޫސާ ސާއިދުގެ އިސްތަށި ގަނޑުވެސް ހުރިހާ ފޮޓޯ އެއްގަ އިންނަނީ އެއްވަރަކަށް ކަން،

 3. ސައިންސުވެރިނަށް އެއުޅެނީ ކެނޑިނޭޅި މަސައްކަތްކޮށްގެން ވެސް ތިކަމަށް ފަރުވާއެއް ނުލިބިގެން... މިއޮތީ ދިވެއްސަކުފަރުވާ ހޯދައިފަ ސަރުކާރުންމިކަން ދުނިޔޭގެ ސައިންސުވެރިންށް ނާނގައި އޮތުމަކީ ވަރަށް ދެރަކަމެއް

 4. އެންޓި އަޑިވޯރޝީ

  ފޮޓޯ ތަކުގައި ތިހުންނަނީ އަސްލު ބޮލުގައި އިސްތަށި ހުރި މީހުން. މޫސާ ސާއިދުގެ ގޮތެއް ނޭގޭ އެކަމަކު އަހަރެންވެސް ތި ތެޔޮ 5 މަސް ވަންދެން ބޭނުން ކުރިން ވީ އެއްކަމެއްވެސް ނެތް. ގިނަ ބައެއްގެ ފީޑް ބެކު ބުނާގޮތުން އެބުނާ ފަދަ ނަތީޖާއެއް ނުފެނޭ. މީ އަސްލު ވަރަށް ބޮޑު އޮޅުވާލުމެއް މިކަން އެބަ ޖެހޭ ބަލަން. މީގައި އެބުނާ ފަދަ ނަތީޖާއެއް ފެންނަނަމަ ތިތެޔޮ އިންޑިޔާގަ ވެސް ނަންބަރ 1 އެއްޗަކަށް ވާނެ.

 5. މި ތެޔޮ މަ ވެސް ބޭނުން އެބަކުރަން ވަރަށް ތަފާތު މިހާތަނަށް މިހާ ނަތީޖާ ރަނގަޅު ތެލެއް ދިމާނުވޭ ސަޅި

 6. އެކިމީހުނަށް ނަތީޖާ ފެންނަ ވަރު ތަފާތު ވެދާނެ ހަމަ ގައިމު މަގޭ ބޮލުގަ މި ލާން ފެށިތާ އަދި ނުވާނެ 2 މަސް ވެސް މަގޭބޮލުން ހަންފޮޅުން ހުއްޓި އިސްތަށި ފޭބުން ހުއްޓިއްޖެ ކުރިން މަ ވަރަށް ފާޑު ފާޑު ގެ އެއްޗެހި ބޭނުން ކުރިން ވީކަމެއް ހަމަ ހަރާން

 7. ނޫނޭ ގަނޭ 2 ފުޅި ގަނޭ .........މަވެސް މިތެޔޮ ލާންފެށި ފަހުން 2 ފަހަރު ބޯކޮށައިފިން ..

 8. މީ ހަމަ ހަގީގަތުގަ ވެސް ވަރަށް ތަފާތު ތެލެއް ކުރިން މަ ވެސް ހީކުރީ މޮޅު އިޝްތިހާރެއް ކަމަށް އެކަމަކު ބޭނުން ކުރަން ފެށީމަ މި ސާބިތުވީ މީ ރަނގަޅު އެއްޗެއް ކަން މިހާރު މަ ބޮލުން އިސްތައްޓެއް ނުފައިބާ ތަލަ ވެސް އެބަ ފޮރުވޭ އެބަ

 9. މީ ހަމަ އަސްލު ވެސް ސަލި ތެލެއް އަހަންނަށް ނަތީޖާ އެބަ ފެނޭ މިހާރު

 10. ބެސްޓްތެލެއް ތީ ވަރަށް ހަބޭސް

 11. މޫސަ އަކީވަރަށް ކުރިން ވެސް މަ ދަންނަ މީހެއް އޭނާގެ ބޮލުގެ ފަހަތަައި މެދު ކުރިން ހުނަނީ އެކީ އޮމާން ވެފަ މަ ކިޔަން ތަލަގަނޑު ވެސް އެކަމަކު މިހާރު އޭނަގެ ބޮލުން ވަރަށް ބޮޑަށް ތަލަ ފިލާފަ ހުރީ އެހެންވީމަ ތި އޮއިލް މޮޅު ކަމަށް މަ ގަބޫލު ކުރަން

 12. މޫސަ އަކީވަރަށް ކުރިން ވެސް މަ ދަންނަ މީހެއް އޭނާގެ ބޮލުގެ ފަހަތަައި މެދު ކުރިން ހުނަނީ އެކީ އޮމާން ވެފަ މަ ކިޔަން ތަލަގަނޑު ވެސް އެކަމަކު މިހާރު އޭނަގެ ބޮލުން ވަރަށް ބޮޑަށް ތަލަ ފިލާފަ ހުރީ އެހެންވީމަ ތި އޮއިލް މޮޅު ކަމަށް މަ ގަބޫލު

 13. އެހެން މީހުންގެ ގޮތެއް މަށަކަށް ނޭނގެ މަށާ ވަރަށް ގުޅޭ ނަތީޖާ ވެސް ބަރާބަރު

 14. މަވެސް ބޭނުން އެބަކުރަން މިހާރު އިސްތަށި ފޭބުން ހުއްޓިއްޖެ ސަޅި ހަބޭސް