ކައިލާން ގްރޫޕްގެ ފަރާތުން ހިންގާ ކައިލާން ފިހާރަ އަދި ކައިލާން ޓްރެންޑްސްގެ މުދާ އޮންލައިންކޮށް ގަނެވޭ ގޮތަށް ކައިލާން އޮންލައިން ޝޮޕް ރަސްމީކޮށް ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން ކައިލާން ވެބްސައިޓް www.kailaan.mv އިން މުދާ ގަނެވޭނެއެވެ. އަދި އޮންލައިންކޮށް ވިޔަފާރި ކުރާ ފަރާތްތަކަށް ހިލޭ ގެންގޮސްދޭނެއެވެ. އަދި ރަށްރަށުން ވިޔަފާރި ކުރާ ފަރާތްތަކުން އެދިލައްވާ ބޯޓަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

ކައިލާންގެ އާއްމު ކަސްޓަމަރުންގެ ޚިޔާލާއެކު ތައާރަފް ކުރި ކައިލާން އޮންލައިން ފިހާރައިން ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވިއްކާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްވެސް ލިބޭނެއެވެ.

ދުނިޔޭގެ ބާޒާރުގައި ނަންހިނގާ އެންމެ މަޝްހޫރު ވަސްތައް ކަމުގައިވާ ގުޑް ގާރލް، އޮލިމްޕިއާ، ވިކްޓޯރިއާ ސީކްރެޓް، މިޑްނައިޓް ރޯސް، އިންވިކްޓަސް، ސަވޭޖް، ޓޫވަންޓޫ، ބުލޫ ޑެ ޗެނަލް، ފެރަންހައިޓް ފަދަ މަޝްހޫރު ވަސްތަކާއެކު ބާޒާރަށް ނެރެފައިވާ ޓްރެންޑްސް ބްރޭންޑްގެ ބޮޑީ ސްޕްރޭ، ބޮޑީ މިސްޓް އަދި ސަވަރޖެލްއަކީ ވަރަށް ގިނަ ވަގުތު ވަސް ހުންނަ ޕްރޮޑަކްޓްތައް ކައިލާން ފިހާރައިން ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން ކައިލާން ގްރޫޕް ފަރާތުން ރާއްޖެ އެތެރެކޮށް މާރކެޓް ކުރާ އެކި ބްރޭންޑްތަކުގެ ސެންޓާ ބޮޑީ ސްޕްރޭ އަދި އެހެނިހެން ބައެއް ޕްރޮޑަކްޓްތައްވެސް ކައިލާން އޮންލައިން ފިހާރައިން ލިބޭނެއެވެ.

ކައިލާން އޮންލައިން ސްޓޯރ އާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ 7986474 އަށް ގުޅާލައިގެން ކުރިއަށް ގެންދާށެވެ.