މަސް ނިމޭއިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސަށް އެޑް ކުރެވިގެން ދާނެ ގޮތް މިމަހުން ފެށިގެން ހަދާނެކަމަށް އުރީދޫން ބުނެފިއެވެ.

މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަކީ ކަސްޓަމަރު ފައިސާ ދައްކާފައި ހުންނަ ޑޭޓާ ކަމަށް ވީނަމަވެސް އެޑޭޓާތައް މަސް ނިމުމާއިއެކު ގެއްލިގެން ދާތީ އެކަމުގެ ޝަކުވާ ކަސްޓަމަރުން ކުރަމުން އަންނަކަން ފާހަގަކޮށް "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ޕްރެޒެންޓަރު ތަކުރާރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެމުން އުރީދޫގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ހުރިހާ ކަމަކީ ވެސް ވާނެ ކަންކަން ކަމަށާއި އެއްވެސް ކަމަކީ ނުވާވަރު ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަހަށް ގެންދެވިދާނެ ގޮތް ހެދިދާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މަސް ނިމޭއިރު ހުންނަ ޑޭޓާތައް ގެއްލެނީ ތިރީސް ދުވަހަށް ވާވަރަށް ޕެކޭޖް ހަދާފައި ހުންނާތީއެވެ. "މިސާލަކަށް 1000 ރުފިޔާއަށް މިލިބެނީ 30 ޖީބީ. 30 ޖީބީ މިއިންނަނީ 30 ދުވަހަށް ހަދާފައި. އެއެކްސްޕެއާ ވާނެ 30 ދުވަސް ވީމަ." ނިޔާޒް ވިދާޅުވިއެވެ.

ޕްރޮގްރާމްގެ ޕްރެޒެންޓަރ އާމިރު ސަލީމް ތަކުރާރުކޮށް ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ "ޑޭޓާ ކޮޅު ގެންދެވޭނެ ގޮތެއް ހެދޭތޯ ބަލާނަން" ކަމަށެވެ. "އަޅުގަނޑުމެން އަބަދުވެސް އަހަން ކަސްޓަމަރުންގެ އަޑު. އަޅުގަނޑުމެންގެ ޕްރޮޑަކްޓްތައް ޑިޒައިން ކުރަނީ ވެސް ކަސްޓަމަރުންގެ އަޑު އަހައިގެން. އަޅުގަނޑުމެން ބަލާނަން ތިކަން ކުރެވޭނީ ކިހިނެއްތޯ. ޑޭޓާ އަނެއް މަހަށް ގެންދިއުމަކީ ބޮޑުކަމެއް. އެކަމަކު އަޅުގަނޑުމެން ބަލާނަން ކިހިނެއްތޯ އެކަން ކުރެވޭނީ." ނިޔާޒް ވިދާޅުވިއެވެ.

އެކަން ކުރެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ "އަޅުގަނޑުމެން ބަލާނަން މިމަހުން ފެށިގެން ކޮށްދެވޭތޯ." ނިޔާޒް ވިދާޅުވިއެވެ.

މިއަދަކީ އޭޕްރީލް މަހުގެ 01 ވަނަ ދުވަސް ކަމަށްވާތީ އޭޕްރީލް ފޫލް ހައްދަވަނީތޯ ސުވާލު ކުރުމުން ނިޔާޒް ވިދާޅުވީ "މިއީ ފޫލެއް ނޫން" ކަމަށާއި ޑޭޓާ ކޮޅު ގެންދެވޭނެ ގޮތެއް ހަދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮމެންޓު

    މަސް ނިމޭއިރު ޑޭޓާ ހުންނަނީ ކާކު އަތުގަބާ

    6
    1
  2. ޙާލަތު

    އެއީ ކުނިވާ އެއްޗެއް ވިއްޔަ ދޯ 30 ދުވަހުގެ ތެރޭގަ ބޭނުން ކުރަންޖެހޭގޮތް ހަދަން!!! ޕްރީޕެއިޑްގެ ވެސް ކުޑަ ޕެކޭޖާއި ބޮޑު ޕެކޭޖް ކުރިއެކޭ އެއްގޮތަށް މިކްސް ކުރެވޭގޮތްވެސް ހަެްދަވައި ދެއްވާ އުރީދޫ!!! ޝުކުރިއްޔާ

  3. ޒޫ

    ދިރާގު ދޫކޮއްލަން މަޖުބޫރިވީ ތި.

  4. ޓްރަންޕް

    ޕެކޭޖް ގައި ލިބެނީ 10 ޖީބީ އެވެ. މަސް ނިމޭ އިރު 00:00 އާއި ހަމައަށް އޮތީ 0 ޖީބީ އެވެ. އެހެން ވީމާ މަސް ނިމޭއިރު އަނެއް މަހަށް ގެންދާނެ ޑޭޓާ އެއް ނެތެވެ. ޝުކުރިއްޔާ އެވެ.

    5
    2
  5. ޙހހހ

    ކަންކަން ނުކުރެވޭތީކީ ނޫން ރައްޔިތުން ސަލާންޖައްސުވާން ބޭނުންވަނީ ، ވަކި މުއްދަތަށް ޕެކޭޖްހަދަނީ ރައްޔިތުންތޯ

  6. ✍️✍️

    ދެން ޕްރީޕައިޑް ކަސްޓަމަރުންގެ މަސްނިމޭއިރު ހުންނަ ޑޭޓާ އަށް ކިހިނެއްތޯ ހަދަނީ. ކުރީގަ މަސް ނިމުމުގެ ކުރިން ޕެކޭޖް ހަދައިފިއްޔާ ކުރީމަހުގެ ބާކީ ހުރި ޕެކޭޖްކޮޅު ވެސް ލިބޭ. އެކަމު މިހާރު މަސްހަމަވުމާއެކު ކަނޑާލާ

  7. ޢަހުމަދު

    ނާހާ ކަސްޓަމަރުންގެ އަޱެއް ، އަހާނަމަ މިވީހާ ތަނަށް ހުންނާނީ ތިބުނާކަމެއް ކޮށްފައެއް ނޫންތަ ، ކިހާ ރުފިޔާ އެއް އަޅެ ތި ދިރުވާލަނީ ނިމަމެތި ރައްޔިތުންގެ އަތުން ،