އެންމެ ގިނައިން މަސް ކިރުވާ ދޯނިތަކުގެ އަގު ވަޒަންކޮސް، އެންސިސް ފިޝަރީޒް އިން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ "އެންސިސް މަސްވެރިންގެ ހަދިޔާ" ގެ 2020 ވަނަ އަހަރުގެ އިނާމުތައް ހަވާލު ކޮށްފިއެވެ.

އެކަަމަށްޓަކައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާފައިވާ ތިން މަސް ދޯންޏަށާ، އެންމެ ރަނގަޅު ކޮލެޓީގެ މަސް ކިިރި ދޯންޏަށް އެންސިސް އިން ދޭ ފައިސާގެ އިނާމު ރަމްޒީކޮށް ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން އެންމެ ގިނައިން އެ ކުންފުންޏަށް މަސްކިރި ދޯންޏަށް 20،000 ރުފިޔާ، ދެވަނަ އަށް 10،000 ރުފިޔާ އަދި ތިންވަނައަށް 7،500 ރުފިޔާގެ ފައިސާގެ އިނާމު ދޭނެއެވެ. އަދި އެންމެ ރަނގަޅު އޭ ގްރޭޑުގެ ކޮލެޓީމަސް އެންމެ ގިނައިން ކިރާ ދޯންޏަށް ވެސް 10،000 ރުފިޔާ ދޭނެއެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި މި ފައިސާތަކުގެ ރަަމްޒީ ޗެކް އެ ދޯނިތަކުގެ ވެރިންނާއި ހަވާލުކޮށްދެއްވީ މަސްވެރިކަމުގެ ސިނާއަތުގައި ތަޖުރިބާ ކާރެއް ކަމަށްވާ އާދަމް އަލީއެވެ.

މިދިޔަ އަހަރު އެންމެ ގިނައިން އެންޒީއަށް ބޮޑު ކަންނެލި ކިރުވި ދޯންޏަކީ ދ. ކުޑަހުވަދޫ އަލިރާސްތާ ދޯންޏެެވެ. ދެވަނަ ދޯންޏަކީ އއ. ރަސްމާދޫ ޒޫމް ފިޝާރ އެވެ.ތިން ވަނަ ދޯންޏަކީ ދ. ބަނޑިދޫ ކުރިމަގު އެވެ.

އަދި މިދިޔަ އަހަރު އެންމެ ރަނގަޅު އޭ ގްރޭޑުގެ ކޮލެޓީގެ ކަންނެލި ކިރުވި ދޯންޏަކީ ދ. ބަނޑިދޫ ކުރިމަގު ދޯންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސިސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްވާހިދު ތައުފީގު ވިދާޅުވީ، މި އިނާމަކީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް މަސްވެރިންނަށް އިތުރަށް ހިތްވަރުދީ، އަދި އެ ކުންފުންޏާއި މަސްވެރިންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދޭ އިނާމެއް ކަމަށެވެ.

މަސްވެރިންގެ އަގު ވަަޒަންޮށް ކޮންމެ އަހަރަކު މި އިނާމު ދޭން އެންސިސް އިން ވަނީ ނިންމާފައެވެ.