ސެމްސަންއަކީ ގިނަ ބަޔަކު އިތުބާރު ކުރާ މޮޅު ފޯނުތައް އުފައްދާ ކުންފުންޏެކެވެ. އެގޮތުން، މިދިޔަ އަހަރު އެ ކުންފުނިން ބާޒާރަށް ނެރުނު އަގުހެޔޮ ގެލެކްސީ އޭ 12 ފޯނު މިހާރު ސޮއްޓި ބިޒް އިން މިހާރު ވަނީ ވިއްކަން ފަށައިފައެވެ.

މި ފޯނަކީ ރީތިވެފައި ގެންގުޅެން ފަސޭހަ ފޯނެކެވެ. މި ފޯނުގެ ކަވަރު ހަދާފައި ވަނީ ޕްލާސްޓިކުން ކަމަށްވުމުން ކޮންމެ މީހަކަށްވެސް ގެންގުޅެން ފަސޭހަވެފައި ފޯނު ވެއްޓި ތަޅައިގެން ދިއުން ފަދަ ކަންކަމުން ފޯނު ސަލާމަތް ކޮށްދޭނެއެވެ.

ގެލެކްސީ އޭ 12 ފޯނުގެ ބެޓަރީއަކީ 5000 މިލިއެމްޕް ޕަވާގެ ބެޓަރީއެކެވެ. އެހެންކަމުން ގިނަ ވަގުތު ވަންދެން މި ފޯނުގެ ބެޓަރި ހިފަހައްޓައިދޭނެއެވެ. އެހެންކަމުން ގޭމް ކުޅޭ މީހުންނަށާއި ގިނަ ވަގުތު ފޯނުން ވީޑިއޯ ބަލާ މީހުންނަށް ވެސް މި ފޯނު ކަމުދާނެއެވެ.

ކުރިއަށް އޮތް ރޯދަ މަހު ރައްޓެއްސަކަށް ނުވަތަ އާއިލާގެ މެމްބަރަކަށް ފޯނެއް ގަންނަން ބޭނުންވާ ނަމަ މިއީ އެންމެ ރަނގަޅު އެއް ޗޮއިސްއެވެ. އެގޮތުން، ސޮއްޓި ބިޒް އިން ވަނީ ރޯދަ މަހާ ދިމަކޮށް މި ފޯނުތައް އަގުހެޔޮވެސް ކޮށްފައެވެ. އެ ފިހާރައިން ގެލެކްސީ އޭ12ގެ ދެ މޮޑެލް 3،400ރ. އާއި 3،800ރ.އަށް ލިބޭނެއެވެ. މި ފޯނާއެކު ސޮއްޓިބިޒް އިން އެއް އަހަރު ދުވަހުގެ ވޮރެންޓީވެސް ލިބޭނެއެވެ.

 

ގެލެކްސީ އޭ 12 ގެ ބައެއް މުހިންމު ފީޗާތައް

- ފޯނުގެ އޯއެސް: އެންޑްރޮއިޑް 10
- މެމޮރީ: 4ޖީބީ ރެމް، 128ޖީބީ އަދި 4ޖީބީ ރެމް، 64ޖީބީ
- ކެމެރާ: ސެލްފީ ކެމެރާ 8 މެގަޕިކްސެލް، ބެކް ކެމެރާ 48 މެގަޕިކްސެލް

ސޮއްޓި ބިޒް އިން ފޯނު ވިއްކުމުގެ އިތުރުން ފޯނު މަރާމާތު ކުރުމުގެ ހިދުމަތްވެސް ދެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ނަމަވެސް މި ހިދުމަތް ހޯދޭނެއެވެ. އެގޮތުން، މަރާމާތު ކުރަން ބޭނުންވާ ފޮނު ބޯޓަށް ލުމަށްފަހު ސޮއްޓި ބިޒްގެ ފޯނު ނަންބަރު 7449955 އަށް ގުޅައިގެން ނުވަތަ ވައިބާ މެދުވެރިކޮށް އޭގެ މައުލޫމާތު ހިއްސާ ކުރުމުން، ފޯނު މަރާމާތުކޮށް އިތުބާރާއެކު އެ ބޯޓަކާ ހަމައަށް ފޯނު އަނބުރާ ގެންގޮސްދޭނެއެވެ.

މީގެ އިތުރުން އެ ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ކޮންމެ ރަށެއްގައި ހުރެގެން ވެސް މުދާ ގަނެލެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ބޯޓާ ހަމައަށް ޑެލިވަރީ ކޮށްދޭނެއެވެ.

އެ ފިހާރައިން ވިއްކާ ތަކެތީގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޕަލް، ސެމްސަން، ޒިއޯމީ ފަދަ ބްރޭންޑުތަކުގެ ފޯނުތަކުގެ އިތުރުން އެންމެ އާދައިގެ ފޯނުތައްވެސް ލިބެން ހުންނާނެއެވެ. މި ފިހާރަ ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.