އެހެން އަހަރު ތަކެކޭ އެއްފަދައިން މި އަހަރު ވެސް ފަތަހައިގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށް ރަމަޟާންމަހުގެ އިނާޔަތް ދީފިއެވެ.

ފަތަހައިން މާލެ ސަރަހައްދުގައި ހިންގަމުންދާ ފިހާރަތަކާއި އަދި ކުންފުނީގެ އެކި ސެކްޝަންތަކުގައި 60 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން ދެއެވެ.

ފަތަހައިން ބުނީ، ހަމަހަމަ އުޞޫލުން ދިވެހި އަދި ބިދޭސީ މުވައްޒަފުން ހިމެނޭ ގޮތަށް 3000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދީފައިވާނެ ކަމަށެވެ. މީގެ ތެރޭގައި މުސްލިމް ނޫން މުވައްޒަފުން ހިމެނެއެވެ. އެ މުވައްޒަފުންނަަށް މި އިނާޔަތް ދީފައި ވަނީ ބޯނަސްގެ ގޮތުގައެވެ.

ފަތަހަ ކުންފުންޏަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ވިޔަފާރި ކުންފުނި ކަމަށްވާއިރު، އެ ކުންފުންޏަކީ ބަރާބަރަށް މުސާރަ ދިނުމުގައި ޒަމާނުން ސުރެ އޮންނަ އާދަ ހިފަހައްޓާ ބައެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ފަތަހައިން ބުނީ، ކުންފުނީގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ބަޔަކީ މުވައްޒަފުން ކަމަށާއި، ފަތަހައިގެ އަމާޒަކީ އަބަދުވެސް ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އުފަލުގައި ބެހެއްޓުން ކަމަށެވެ.

ފަތަހައިން މި އަހަރުވެސް ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން އެތައް މިލިއަން ރުފިޔާގެ މުދާ ގެނެސްފައެވެ. އަދި މިހާރު ފަތަހައި ހުރިހާ ފިހާރަ އަކުން ވެސް ރޯދަ މަހަށް ހާއްސަ އެތައް ސާމާނެއް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވާއިރު، އެ ކުންފުނީގެ ހުރިހާ ގުދަންތަކެއްވެސް މުދަލުން ފުރި ބަރާވެފައިވާ ކަން ކުންފުނިން ފާހަގަކުރިއެވެ.

ފަތަހައަކީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ފުރިހަމައަށް ކަންކަން ކުރަމުން އަންނަ ބައެކެވެ. އެގޮތުން އެ މުވައްޒަފުންގެ ނިދުމާއި ކެއުމުގެ އިންތިޒާމްތައް ހުންނަނީ ވަރަށް ފުރިހަމަކޮށެވެ. އަދި ހުރިހާ މުވައްޒަފުން ނިންދަވަނީ އޭސީ ކޮޓަރީގައެވެ. އަދި ކޮންމެ މުވައްޒަފަކަށްވެސް ނިދުމަށްޓަކައި ވަކި އެނދެއް ހުރެއެވެ. އަދި އެތަނުގައި ބޭނުން އެއްޗެއް ކައްކާ ކެވޭ ގޮތަށް ތަނަވެސް ބަދިގެ އެއްވެސް ހުރެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ ކުންފުނީގެ މުވައްޒަފުންނަކީ ސާފްތާހިރުކަމަށް ލޯބި ކުރާ އަދި ސިއްހަތު ރަނގަޅު މުރާލި އަދި އެހާމެ ހިތްވަރުގަދަ ޓީމެއް ކަމެވެެ.

އެ ކުންފުނިން ވަނީ ކުންފުނީގެ އިސްނެގުމާއެކު ހުރިހާ މުވައްޒަފުންނަށްވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

އަދި މި ދަތި ދަނޑިވަޅުގައިވެސް ހުރިހާ މުވައްޒަފުން ޑިއުޓީއަށް ނުކުމެފައިވާއިރު، މަސައްކަތްކޮށްފައި ވަނީ ހީވާގިކަމާއެކުކަން އެ ކުންފުނިން އުފަލާއެކު ފާހަގަކުރެއެވެ.

އެ ކުންފުނީގެ މެނޭޖްމަންޓުންވަނީ ހުރިހާ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ. މީގެ ތެރޭގައި ޑިލިވަރީ ޓީމާއި، ގުދަން އޮޕަރޭޝަން ޓީމާއި އޮފީސް ޓީމާއި އަދި ފަތަހާއިގެ ހުރިހާ ފޭސްބުކް ޕޭޖްތައް އޮޕަރޭޓް ކުރާ ޓީމްގެ ހިމެނެެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސީރު

    ހަގީގަތުގައި ފަތަހަ ގެ މަސްއޫލް ވެރިޔާ އަކީ ފަތަހައިގެ މުއައްޒިފުންދެކެ ލޯބިވާ އަދި މުއައްޒިފުން އެއީ ފަތަހައިގެ ރައުސުލްމާލް ކަމުގައި ހަގީގަތުގައި ދެކޭ ވެރިއެއް ކަން ހަމަގައިވެސް އަޅުގަނޑު ދެކެން. ފަތަހައިގެ ހުރިހާ ފިހާރަތައް ކުރިއަރައި މައްސޫލް ވެރިޔާ އަށާއި ހުރިހާ މުއައްޒިފުންނަން ކާމިޔާބު ދެއްވާށީ ، އާމީން. ( އަޅުގަނޑަކީ ފަތަހައިގެ ސްޓާފެއް ނޫން ، ސަރުކާރު މުއައްޒިފެއް ، އެންމެ ލަހުން މުސާރަ ޖަމާވާ ކުންފުނީގެ އުޅޭ ސްޓާފެއް.

  2. ޙަސަނު

    ރަމްޟާން މަހުގެ އިނާޔަތަކީ ރޯދަ ހިފާ މީހުންނަށް ދޭއެއްޗެއް. މުސްލިމުންނަށް ދޭ އެއްޗެއް. ރޯދަ މަހު ރޯދަ ނުހިފާ ކައިބޮއި ހަދާ މީހުންނަށް ދޭއެއްޗެއްނޫން.

    1
    1
  3. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    ދިވެހިން ނޫޅޭ ފިހާރަ ތަކެއް

  4. އެލެކްސް

    ގާސިމް ނުދޭނެ ހުރިހާ މުއައްޒަފުންނަކަށް ވަރަށް ބިރުގަންނާނެ އިނާޔަތް ހުރިހ ހާ މުއަ އްޒަފުންނަށް ދޭން

  5. ރައްޔިތުމީހާ

    ފަތަހައިގެ ފިހާރައެއް ގދ ތިނަދޫގައި ހުޅުވޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ.

  6. ލޯބި

    ހުސެން ފަހުމީ ޔަކީ ވެސް ވަރަށް މުވއްޒަފުން ދެގެ ތަފާތު ލޯތްބެއްވާ ވެރިއެއް