ނިއު އެޑިޝަނުން ހޯލްސޭލް ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު ޓީވީއެއްރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަންގެ ފަރާތުން ރޯދަމަހަށް ހޯލް ސޭލްސް ކަސްޓަމަރުންނަށް އަމާޒުކޮށް "ރަމަޞާން ހޯލްސޭލް ޕްރޮމޯޝަން" ގެ ނަމުގައި ޚާއްޞަ ޕްރަމޯޝަނެއް ފަށައިފިއެވެ.

މިއަދުން ފެށިގެން 15 މޭ ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ޕްރަމޯޝަނަކީ ނިއުއެޑިޝަންގެ ޕްރޮޑަކްޓްތައް ގަނޑުކޮށް ނަންގަވާ ހޭލްސޭލް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރަމޯޝަންއެކެވެ. މިޕްރަމޯޝަންގައި ބައިވެރިވެވޭނީ ހޯލްސޭލްކޮށް -/3000 ރުފިޔާގެ ވިޔަފާރި ކުރައްވައިގެންނެވެ.

މިގޮތުން ކުރާ -/3000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރާނެއެވެ. ޕްރަމޯޝަންގެ މުއްދަތުގައި ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް 32 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބިވަޑައިގަންނަވާނެއެވެ.


ރަށުޕިކަޕް ޕްރަމޯޝަން ޚާއްޞަ ގޮތެއްގައި އަމާޒުކޮށްފައިވަނީ ނިއުއެޑިޝަން އިން ޑިސްޓްރިބިއުޓް ކުރަމުންދާ މަޝްހޫރު ބެއެއް ޕްރޮޑަކްޓްތަކަށެވެ. މީގެތެރޭގައި ހިމެނެނީ ރަމަޞާން މަހަށް ޙައްސަ އިރާން ފޮނި ކަދުރު، އެއާ ފްރެޝްނާ، އެލީޓް ބޮޑީ ސްޕްރޭ، މެމްވާ ބޮޑީ މިސްޓް، މޮންޓާލޭ ސެންޓު އަދި ސެނިޓައިޒާ އަދި ޑިސްއިންފެކްޓް ސްޕްރޭއެވެ.

މިއަހަރު ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން މިވަނީ ރާއްޖެއަށް އިރާންގެ މީރު ފޮނި ކަދުރު ގެނެސްދީފައެވެ، އިރާން ކަދުރަކީ ދުނިޔޭގައި އެންމެ ފޮނި ކަދުރުގެ ތެރޭގައި ރެކޯޑް ފޮތުންވެސް ޖާގަހޯދާފައިވާ ކަދުރެކެވެ. މިކަދުރު އެންމެ ހެއޮއަގުގައި ލިބޭނެކަމަށްވެސް ނިއުއެޑިޝަނުން މަޢުލޫމާތުދެއެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފައިސާ ދައްކާލެވޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެއެވެ. ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ..