ރާއްޖެ އިސްތިހާރު ކުރަން އެމްއެމްޕީއާރްސީން ވާޗުއަލް އިވެންޓް މެނޭޖްމެންޓް ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.
ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "މައި ވާޗުއަލް މޯލްޑިވްސް"އެވެ. މި ޕްލެޓްފޯމް ތައާރަފު ކޮށްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަފާތު ހަރަކާތްތަކުގައި ބައިވެރިވެވޭ ފެންވަރަށެވެ.
އޭގެތެރޭގައި ވާޗުއަލް އެގްޒިބިޝްންތަކާއި ރޯޑްޝޯ އާއި ވެބިނާގެ އިތުރުން ޓްރެއިނިން ތަކާއި ލައިވް މާކެޓިން ހަރަކާތްތައް ހިމެނެއެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައި ވަނީ ތްރީޑީ ގްރެފިކްސް ހިމަނައިގެންނެވެ. އެމްއެމްޕީއާރްސީން ބުނީ ޕްލެޓްފޯމުގެ ކޮންމެ ބަޔަކުން ވެސް ދައްކައިދޭނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ކަމަށެވެ.
"މައި ވާޗުއަލް މޯލްޑިވްސް"ގެ ޕްލެޓުފޯމުގައި އެންމެ ފުރަތަމަ އިވެންޓެއްގެ ގޮތުގައި ބޭއްވީ ފްރާންސް މާކެޓުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް ފްރާންސް ބަހުން ބޭއްވި ވެބިނާގެ ފުރަތަމަ ސެޝަނެވެ.
އޭރުން ތާ މިތަނަށް މީހުން ނާންނާނީ
ކަލޭގެ ގަޅި ކަމާއެވެ..