ކުރިން ގޯޕްރޯ ހީރޯ9 ވިއްކަމުން އައި އަގުގައި ގޯޕްރޯ ބަންޑެލް ސޮއްޓިބިޒްއިން ވިއްކަން ފަށައިފި އެވެ.

މި ބަންޑަލްގައި ގޯޕްރޯ ހީރޯ9ގެ އިތުރުން ގޯޕްރޯގެ އޮރިޖިނަލް ސްޓިކަކާއި 32ޖީބީ އެސްޑީ ކާޑެއް ލިބޭނެއެވެ. މި ބަންޑެލް މިހާރު ސޮއްޓި ބިޒް އިން ލިބޭނީ 9،000ރ. އަށެވެ.

ސޮއްޓިބިޒްއިން މައުލޫމާތު ދޭގޮތުގައި ގޯޕްރޯ ބަންޑެލި އގުހެޔޮކޮށް ވިއްކަން ފެށީ ކަސްޓަމަރުން އުފާ ކޮށްދިނުމަށް ކަމަށެވެ. އަދި މިއީ ގިނަ ކަސްޓަމަރުންގެ އެދުމެއް ކަމަށްވެސް އެ ފިހާރައިން ބުންޏެވެ.

ގޯޕްރޯއަކީ މޫދު ކުޅިވަރު ކުޅޭ މީހުންނާއި "ވްލޮގް"ތައް ހަދާ މީހުންގެ އިތުރުން ޑައިވް ކުރާ މީހުންނާއި ޑްރޯން ފޮޓޯ ނަގާ މީހުންގެ އެންމެ ގާތް އެކުވެރިޔާއެވެ. ގޯޕްރޯ ހީރޯ9އަކީ ގޯޕްރޯއިން އެންމެ ފަހުން ދުނިޔޭގެ ބާޒާރަށް ނެރުނު އުފެއްދުމެވެ. މި ގޯޕްރޯ ބާޒާރަށް ނެރުމާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.

ގޯޕްރޯ ހީރޯ9 ބޭނުންކޮށްގެން 5ކޭ ކޮލިޓީގެ ވީޑިއޯ ނެގޭނެއެވެ. މި ކެމެރާ ބޭނުންކޮށްގެން މޫދު އަޑީގައިވެސް ހައި ރިޒޮލިއުޝަންގައި ފޮޓޯއާއި ވީޑިއޯ ނެގޭނެއެވެ. މީގެ އިތުރުން މި ގޯޕްރޯގައި އެހެން ގޯޕްރޯތަކާއި ހިލާފަށް ނައްޓާލެވޭ ލެންސް ކަވާއެއްވެސް ހުންނާނެއެވެ. މިއީ ގޯޕްރޯ ބޭނުންކުރާ ގިނަ ބައެއްގެ އެދުމުގެ މަތިން ގެނައި ބަދަލެކެވެ.

ހީރޯ9ގެ ޑިސްޕްލޭވެސް އެހެން ގޯޕްރޯތަކާއި އަޅާ ބަލާއިރު ބޮޑުވާނެއެވެ. އަދި ފަސޭހައިން ފޯނާއި ކަނެކްޓުވެ އެޕްލިކޭޝަން މެދުވެރިކޮށް ގޯޕްރޯ ކޮންޓްރޯލް ކުރުންވެސް ފަސޭހަވާނެއެވެ. އަދި މި ގޯޕްރޯގައި ހުންނަ ފިތްތައް އެހެން ގޯޕްރޯތަކާ އަޅާ ބަޅާއިރު ބޮޑުވުމުގެ ސަބަބުން އަންގި ލައްވައިގެންވެސް އޮޕަރޭޓު ކުރަން ފަސޭހަވާނެއެވެ.

ސޮއްޓިބިޒް އިން ގޯޕްރޯ ހީރޯ9 ގަންނަން ބޭނުންވާ މީހުންނަށް އެމްއެފްއެލްސީ މެދުވެރިކޮށްވެސް ގަނެވޭނެއެވެ. އަދި ކޮންމެ ރަށެއްގައި ހުރެގެންވެސް އެ ފިހާރައިން ތަކެތި ގަނެވޭނެއެވެ. މިގޮތަށް ސޮއްޓިޒްއިން ވިޔަފާރި ކުރުމުން ކަސްޓަމަރު ބުނާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ސޮއްޓިބިޒް ހުންނާނީ ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.