ދިރާގު ފައިބަ ބްރޯޑް ބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ދިރާގުން މި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަ ކޭބަލް އެއް އަޅާފައިވާ އިމާރާތްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބަ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަ އިން %50 ޑިސްކައުންޓް ވެސް ލިބޭނެއެވެ. މީގެ އިތުރުން، ދިރާގު ފައިބަ ކޭބަލެއް ނެތް ބިލްޑިންތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެއެވެ.

ދިރާގު މެނޭޖަރު ކޮންސިއުމަ ޕޯސްޓްޕެއިޑް އަދި އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ، ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފައިވަނީ ގިނަ ކަސްޓަމަރުންގެ ތަރުހީބު ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް މި ގެންދާ ޕޮރޮމޯޝަން އަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން އަޅުގަނޑުމެން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދޭން" ޖަނާ ވިދާޅުވިއެވެ.

ދިރާގު ފައިބަ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް މި ޚިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ފާގަތިކަން ހޯދައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިރާޝާ

    ޗެނަލް ނަމްބަރު 194 . 195 . 12 ނުފެންނަތާ އެތައް ދުވަހެއް ވެއްޖެ = އެކަން ރަގަޅު ކުރަން ނުވޭތަ - ނުފެންނަކަމަށްވާނަ،މަ ޗެނަލް ލިސްޓުން އުނިކުރަންވީނުން