ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ވިޔަފާރި ކުންފުނި ކަމަށްވާ، ފަތަހައިގެ ޕްރޮމޯޝަންގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ތާއީދު މި އަހަރު ރަމަޟާންމަހަށް ބަދިގެ ސާމާނާއި ގޭތެރެއަށް ބޭނުންވާ ތަކެތި އާކުރުމަށް ފަތަހަ އަށް ދީފިއެވެ.

ދަގަނޑޭވަނީ ފަތަހައިގެ އެންމެ ބޮޑު ފިހާރަ ކަމަށްވާ މާވެޔޮމަގުގައި ހުންނަ ތިން ބުރީގެ ފަތަހަ މޯލަށް ޒިޔާރަތް ކޮށް ވަކި ވަކިން މުދާތައް ބަލާ ގަންނަން ބޭނުންވާ ހުރިހާ މުދަލެއް އެއްތާކުން ލިބޭތީ ވަރަށް ހިތްހަމަ ޖެހި އަދި މުދާތަކުން މުޅި ފިހާރަ ތޮއްޖެހި ބަރާވެފައިވާ މަންޒަރު ފެނި އަންތަރީސްވެފައެވެ.

ފަތަހައަކީ ކޮންމެ ރަމަޟާންމަހަކަށްވެސް ވަރަށް ބޮޑަށް ދުރާލާ ތައްޔާރުވަމުން އަންނަ ތަނެކެވެ. އެ ގޮތުން މި އަހަރު ވެސް ފަތަހައިން ވަނީ ދުރާލާ ވަރަށް ގިނަ ސާމާނު އެތެރެ ކޮށް ފިހާރަތަކާއި ގުދަންތައް މުދަލުން ފުރާލާފައެވެ.

އޭގެ ތެރޭގައި ބަދިގެ ސާމާނާއި، ގޭތެރެއަށް ބޭނުންވާ ސާމާނާއި، ކެރަމްބޯޑާއި، ރާޒުވާ ކުޅިބަޔާއި ބޯޑު އަދި ވެސް އެތައް ބައިވަރު ސާމާނެއް ހިމެނެއެވެ. އެތަނުގައި ނެތް އެއްޗެއް ނެތެވެ. ހުރިހާ އެއްޗެއް އެބަ ހުއްޓެވެ. އަންތަރީސްވާވަރަށް އެތަނުގައި އެ ހުރީ މުދަލެވެ.

ދަގަނދޭ ވަނީ އިއްޔެ މެންދުރުފަހު ފަތަހަ މޯލްގައި ބޭއްވި "މި ރަމަޟާންމަހު އަހަރެން ހިޔާރު ކުރަނީ ފަތަހަ" މި ޝިއާރުގެ ދަށުން ނެގި ފޮޓޯ ސެޝަންގައި ބައިވެރިވެ އަދި ޒިޔާރަތްކުރި ކަސްޓަމަރުންނާއި އެކު ވެސް ފޮޓޯ ނަގާފައެވެ.

Posted by Fathaha Mall on Tuesday, 6 April 2021

ފަތަހައިން މައުލޫމާތުދޭ ގޮތުގައި މި ރޭ ވެސް ރާއްޖޭގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން ކުޅުންތެރިން ހިމެނޭ ސަސް ޓީމްގެ ކުޅުންތެރިންނާއެކު ފޮޓޯ ސެޝަންއެެއް ފަތަހަ މޯލް ތެރޭގައި ކުރިއަށް ދާނެ އެވެ.

ފަތަހައަކީ މާލެ ސަރަހައްދުގައި ހިންގަމުންދާ، އެންމެ ގިނަ ދުވަސްވީ އެއް ފިހާރައެވެ. ފަތަހައިގެ ފިހާރަތަކުން ނުލިބޭނެ ސާމާނެއް ނުހުންނާނެ އެވެ. އަދި ފަތަހައިގެ ފިހާރަތަކަކީ އަބަދުވެސް ދިވެހިންގެ އިތުބާރު ހޯދާފައިވާ ފިހާރަތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.