ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާ އިން ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް "ރޯދަ ރޯޅި"ގެ ނަމުގައި ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އޭޕްރިލް ހަތަރު ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް އެންމެ ފަހުގެ ހޮންޑާ މޮޑެލްތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެ އެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ތެރޭގައި ޑިސްކައުންޓް ލިބިގެން ދާނީ ޝީޝާ އިން އެތެރެކޮށް ވިއްކާ ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލުތަކުން ކަންފާހަގަކޮށްލަން ޖެހެއެވެ.

އޭގެ ތެރޭގައި

ހޮންޑާ އެއާބްލޭޑް 2021 (125ސީސީ) ބްލެކް އެޑިޝަން

ހޮންޑާ އެއާބްލޭޑް 2021 (125ސީސީ) ސްޓޭންޑާޑް އެޑިޝަން

ހޮންޑާ އެއާބްލޭޑް 2021 (150ސީސީ) ސްޕެޝަލް އެޑިޝަން

ހޮންޑާ އެއާބްލޭޑް 2021 (150ސީސީ) ސްޓޭންޑާޑް އެޑިޝަން

ސްކޫޕީ ކްލަބް12 2021

ސްކޫޕީ ޕްރެސްޓިޖް 2021

ވޭވް 125އައި

ޝީޝާ އިން ވަނީ އިންސްޓޯލްމެންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށްވެސް ވަރަށް ޙާއްސަ އޮފާއެއް، މި ޕްރޮމޯޝަންގެ ތެރެއިން ތައާރަފްކޮށްފައެވެ. އެގޮތުން މި ޙާއްސަ އޮފާ މެދުވެރިކޮށް 48 މަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ސައިކަލު ނެގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ޝީޝާ އިން ބުނީ، ރޯދަ ރޯޅި ޕްރޮމޯޝަންގެ ދަށުން އިތުރު ކަންތައްތައް މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

އަދި ރޯދަ މަހާއި ދިމާކޮށް "ރޯދަ ހަދިޔާ"އަކަށް އެންމެ ފަހުގެ އެއާ ބްލޭޑް ސައިކަލެއް ޝީޝާ އިން ވަނީ ދޭން ނިންމާފައެވެ. މި ރޯދަ ހަދިޔާ ލިބޭނީ ފޭސްބު ޕޭޖުގައި ކުރިއަށް ގެންދާ ޝެއާ އެންޑް ވިންގައި ބައިވެރިވެގެން ހޮވާ ނަސީބުވެރިއަކަށެވެ.

ޝެއާ އެންޑް ވިން ގޮތަށް ކުރިއަށްގެންދާ މި އޮފާގައި ބައިވެރިވުމަށް ފުރަތަމަ ޖެހޭނީ ޝީޝާގެ ފޭސްބުކް ޕޭޖަށް ލައިކް ދޭށެވެ. އަދި އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި ތިން ރައްޓެހިން ޓެގް ކުރަން ޖެހޭއިރު، އޭގެ ފަހުން ޖެހޭނީ އެ ޕޯސްޓް އާއްމުންނަށް ފެންނާނެ ހެން ޝެއާ ކުރާށެވެ.

މިއީ ވަރަށް ފަސޭހައިން އެންމެ ފަހުގެ ސައިކަލެއް ލިބި ދާނެ ގޮތެވެ.

ޝީޝާ އިން ވަނީ ކުރިއަށް އޮތްތަނުގައި އާ މޮޑެލްތަކުގެ ސައިކަލުތައް ތައާރަފް ކުރަން ނިންމާފައެވެ. އެގޮތުން ޒުވާނުންގެ ތެރޭގައި އެންމެ މަގްބޫލު ހޮންޑާ ވިނާރ 150ސީސީ މެއި މަހު ނުވަތަ ޖޫން މަސް ތެރޭގައި ރާއްޖެއަށް ލޯންޗް ކުރުމަށް ވަނީ ނިންމާފައެވެ.

ޝީޝާ އިން ކުރިއަށްގެންދާ މި ޕްރޮމޯޝަން އާއި އޮފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޝީޝާގެ އައުޓްލެޓްތަކުގައި ކުރިއަށްގެންދާނެ އެވެ. ޝީޝާގެ އައުލެޓްތައް ހިންގާ ރަށްތަކަށް ބަލާއިރު، މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ. ގަން، ފުވައްމުލަށް ސިޓީ، ގދ. ތިނަދޫ އަދި ގއ. ވިލިނގިލި ހިމެނެއެވެ.

ޝީޝާއިން ސައިކަލު ނަގަން ބޭނުންވާ ފަރާތްތަކަށް އެއްކޮށް ފައިސާ ދައްކައިގެންނާއި، ޝީޝާ އިންސްޓޯލްމެންޓް މެދުވެރިކޮށް ފައިސާ ދައްކައިގެންވެސް ސައިކަލު ނެގޭނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް މެދުވެރިކޮށް ސައިކަލު ނަގަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ އެވެ.