އަރބަން ފާމިންގެ މަޝްރޫޢުގެ ޓްރޭނިންގ ޕްރޮގްރާމް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

'އަރބަން ފާމިންގ'ގެ ގޮތުގައި ހުޅުމާލޭގައި ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުޞަތުގައި ހޮވާލެވުނު 48 ފަރާތައް ބިން ހަވާލުކުރެވި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދެވޭ ޙާއްޞަ ޓްރޭނިންގ ސެޝަންތައް ރަސްމީކޮށް ފަށާފައި ވަަނީ އިއްޔެއެވެ.

އޮންލައިން ވެބިނައަރއެއްގެ ގޮތުގައި ބޭއްވުނު މި ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ޙާއްސަ ސަފީރު ކެއިކޯ ޔަނައި އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައިގަންފައެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ"ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫޢުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އަދި މި ފެށި ޕްރޮގްރާމްގެ އެއްމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމަޢުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޯވިޑް-19 ޢާލަމީވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫޢުމެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.

މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްޤީކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅިގެން ދިއަ މުހިއްމު ފިޔަވަޅެކެވެ. މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އެޑްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފު ވަނީ އިއްޔެ ފެށިގެން ދިޔަ ތަމްރީނު ޕްރޮގްރާމްގެ ސަބަބަބުން މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ގަސް އިންދާ ބެލެހެއްޓުމުގައި ދިމާވާ ދަތިތަކާއި އިތުރު ގިނަ މަޢުލޫމާތުތަކެއް ދަސްވެ ދަނޑުވެރިކަމުގެ ރޫޙު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާ ވެގެން ދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒަހާ ވަނީ މިފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުންކުރައްވާ، ހުޅުމާލޭގައި ފެށިގެން މިދިއަ މަޝްރޫޢު އަކީ ކާމިޔާބު ނަމޫނާ މަޝްރޫޢުއަކަށް ހެދުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން ޢިތުރު މަޢުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާރޗް އެންޑް އެގްރިކަލްޗަރ، އިން ހިންގާ މިޓްރެއިނިންގ ގައި ބައިވެރިވުމަކީ މިހާރު ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ މަޢުލޫމާތު ލިބިގެންދާނެ ތަމްރީނު ޕްރޮގުރާމެއްކަމުގައި ފާހަގަކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. އިބްރާހިމް

  ކިހާމޮޅުތަ މިވެރިން ކަންކަން ނިންމާލާގޮތް...
  ކަނޑެއް ފަޅެއް މިކަމަށް ފޯމްލީ ގިނަމީހުންނަކަށް އެނގުނީކީވެސް ނޫން،
  އަދި އިއުލާންކުރި ސަރަހައްދުވެސް ބަދަލުވި ކަމެއްވެސް އެނގުނީކީ ނޫން...
  ހަމަ އެޗްޑީސީ އިން ތަނެއް ކުއްޔައްދިނަސް ކަންކަން ކުރާއުސޫލަކީތީ...
  ގުދަނެއް ފިހާރައެއް ބިމެއްވިޔަސް އެމީހުން ބޭނުން ބަޔަކަށް ވެރިންގެ ޖީބަށް ފައިސާ ވަންނަގޮތަކަށް ނޫނިއްޔާ ދީފަޔެއްނުވޭ..
  ދެން ފްލެޓްތަކުގެ ގުރުލުންވެސް ދާނީ ހަމަ ތިޔަގޮތަށް...
  18،000 މުސާރަލިބޭ އެޗްޑީސީގެ މުއައްޒަފުން ފަހުގެ ކާރުގަނެލެވި އަދި އެއްޗެހި ހުޅުމާލޭގައި ރަޖިސްޓްރީވެސް ކުރެވެނީ ކޮންގޮތަކުންކަމެއް ނޭނގެ....