މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ކުރިއަށްގެންދާ ލޭންސްލޭ ސްލިމިންގ ކޮފީ ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ލޭންސްލޭ ކޮފީ އަގުހެޔޮކޮށް ކަސްޓަމަރުންނަށް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުނަ މި ޕްރޮމޯޝަންގެ މުއްދަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މި ޕްރޮމޯޝަންގެ ދަށުން ކަަސްޓަމަރުންނަށް ވަރަށް އަގުހެޔޮކޮށް ކޮފީ ލިބިގެން ދާނެ. އަނެއްކާ ކަސްޓަމަރުންގެ ތަރުހީބުވެސް ބޮޑު، މި ޕްރޮމޯޝަންގެ ދަށުން ކަސްޓަަމަރުންނަށް 75 ރުފިޔާ އަށް ކޮފީ ފޮއްޓެއް ލިބޭނެ، މި އަގުގައި ކޮފީ ލިބޭނީ އެެއް ފޮއްޓަށްވުރެ އިތުރަށް ނަގާނަމަ“. ލިބޭގެ އޮފިޝަލަކު ވިދާޅުވިއެވެ.

"ލިބޭ" އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ކޮފީ ލިބޭނީ ރާއްޖެ އިން ލޭންސްލޭ ސްލިމިން ކޮފީ ލިބޭނެ އެންމެ ހެޔޮ އަގުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ