އެސްޓީއޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިއުލާނު ކޮށްފިއެވެ.

އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ.

އެސްޓީއޯއިން ބުނީ، އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުމެވެ.

މިގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަހިލަވެލި، ދަގަނޑު، ޕުލައިވުޑް، ދަގަނޑު ހޮޅި، އަދި މީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނެވެ.ކޮންމެ

އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ ދެ އެޖެންޓުންނެވެ.

މިގޮތުން ނެގޭ އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރެޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ.

މި އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން ދެ އަތޮޅަށެވެ.

އެސްޓީއޯއީން ބުނީ، ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، އޭޕްރިލް 25 ވަނަ ދުވަހުގެ 14:00 ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު