މި އަހަރުގެ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތައް މިއަދު ހާމަކޮށްފިއެވެ.

މީރާއިން ބުނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން އެ އިދާރާ ހުޅުވާފައި ހުންނާނީ ދުވަހަށް ހެނދުނު 9:05 އިން މެންދުރުފަހު 12:30 އަށް ކަމަށެވެ.

އަދީ މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ، މިހާރެކޭ ވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ކަމުގައި މީރާއިން ބުނެެއެވެ.

އަދި، އޮންލައިކޮށް ނަންބަރު ނުނެންގެވޭ ފަރާތްތަކުން 3020460 އަށް ގުޅައިގެން ވެސް ނަންބަރު ނެންގެވޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، ކޮވިޑް-19 ގެ ސަބަބުން މި ދިމާވެފައިވާ ހާލަތުގައި ރައްކާތެރިވެ ތިބުމުގެ ގޮތުން، މީރާއިން ހިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން އިލްތިމާސްކުރެއެވެ. މި ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެވެ.