ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް އިހުސާން ފިހާރަ އިން 27 އައިޓަމެއްގެ އަގު ހެޔޮކޮށްފިއެވެ.

ރޯދަ މަހާ ދިމާކޮށް، އިހުސާން ފިހާރައިން އަބަދުވެސް ގިނަ އައިޓަމްތައް އަގުހެޔޮ ކުރެެއެވެ. މިގޮތަށް އަގުހެޔޮ ކުރާ ގިނަ އައިޓަމްތަކަކީ ރޯދަ މަހަށް އެންމެ ބޭނުންވާ އައިޓަމްތަކެވެ.

އެގޮތުން މިފަހަރު އިހުސާން ފިހާރައިން ރޯދައަށް އަގުހެޔޮ ކުރި އައިޓަމްތަކުގެ ތެރޭގައި ފިޔާ، އަލުވި އަދި ބިސް ހިމެނެެެެެެވެ.

އިހުސާން ފިހާރައިން ބުނީ، ރޯދަމަހަށް ހާއްސަކޮށް ފިޔާ އަދި އަލުވި ކިލޯއެއްގެ އަގު 10 ރުފިޔާއަށް އަދި ބިހެެއްގެ އަގު 1 ރުފިޔާ 50 ލާރިއަށް ވިއްކަން ނިންމާﷲައިވާ ކަމަށެވެ.

އެ ފިހާރައިން އަގުހެޔޮ ކުރި އެހެން ބައެއް މުދަލުގެ ތެރޭގައި ރޯދަމަހު ގޭގައި ކައްކަން ބޭނުން ކުރާ ވަރަށް ގިނަ އައިޓަމްތައް ހިމެނޭކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ ފިހާރައިން ރޯދަމަހާއި ދިމާކޮށް އަގުހެޔޮ ކުރި ބައެެއް އައިޓަމް

- ޑަބަލް ޕީޗް ގެރިކިރު: 12.50 ރުފިޔާ

- މަސްދަޅު: 12.25 ރުފިޔާ

- މާޖިރީން 240 ގްރާމް: 26 ރުފިޔާ

- މިކްސްޑް ވެޖިޓަބަލް: 10 ރުފިޔާ

- ޓޮމާޓޯ ޕޭސްޓް 70 ގްރާމް: 2.25 ރުފިޔާ

- ޓޮމާޓޯ ޕޭސްޓް 400 ގްރާމް: 11.50 ރުފިޔާ

- ފްރުޓް ކޮކްޓެއިލް: 29 ރުފިޔާ

- މުންޗީ މާރީ: 26 ރުފިޔާ

- މަޔޮނައިޒް: 13 ރުފިޔާ

- ރޯސީރަޕް: 31 ރުފިޔާ

- ސަން ފްލާވާ އޮއިލް 2 ލީޓަރ: 73 ރުފިޔާ

- ނެސްޓެލް ކްރީމް: 25 ރުފިޔާ

- ފޯސްޓާ ކްލާކް ކޭކް މިކްސް: 30 ރުފިޔާ

- ބާސްމަތީ ރައިސް އެއް ކިލޯ: 28 ރުފިޔާ

- ބަސްމަތީ ރައިސް ފަސް ކިލޯ: 145 ރުފިޔާ

- ސްލަައިސްޑް ޕައިނެޕަލް: 22 ރުފިޔާ

- ސަން ފްލާވާ އޮއިލް 1.8 ލީޓަރު: 65 ރުފިޔާ

- ޓިޝޫ ޕެކް: 7.50 ރުފިޔާ

- ފޯސްޓާ ކްލާކް ޖޫސް: 55 ރުފިޔާ

އިހުސާން ފިހާރައިން މި އައިޓަމްތައް އަގުހެޔޮކުރިއިރު، އެ ކުންފުނީގެ އައުޓްލެޓްތަކުގައި ހާއްސަ ޕްރޮމޯޝަނެެއް ކުރިއަށްގެންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން މި ޕްރޮމޯޝަންގައި 200 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދާ ދެ މަސް ދުވަހުގެ ތެރޭގައި 200 ރުފިޔާއިން މަތިން ވިޔަފާރިކޮށްގެން ލިބޭ ކޫޕަން ފުރާފައި އެ ފިހާރަތަކުގައި ހުންނަ ފޮއްޓަށް އަޅާލުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީއެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ހޮވޭ ތިން ނަސީބުވެރިއަކަށް އަގުހުރި އިނާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ނަސީބުވެރިޔާއަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭނެއެވެ. އަދި ދެވަނަ ނަސީބުވެރިޔާއަށް ދޮންނަ މެޝިނެއް އަދި ތިން ވަނަ ނަސީބުވެރިޔާ އަށް 65 އިންޗީގެ ޓީވީއެއް ލިބޭނެއެވެ.