ބެންހޭމް އިންޓަނޭޝަނަލް އިން މިހާރު ބޯގަޓް ބްރޭންޑްގެ ފޮނި ކާތަކެތި ރާއްޖެ ގެންނަން ފަށާފައިވާ އިރު، ރާއްޖޭގައި ވިއްކަމުން އަންނަ އެކައްޗަކީ ބޯގަޓް ލޮލީޕޮޕް ފޮއްޓެވެ. ކޮންމެ ފޮއްޓެއްގައި 100 ލޮލީޕޮޕް ހިމެނޭއިރު، މީގެތެރޭގައި ސްކެއަރީ ޗެރީ، ފްރޫޓީ ޕާޓީ، ފަޒީ ކޯލާ، އަދި ކްރޭޒީ ބްލޫބެރީ ހިމެނެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ބެންހޭމް އިން ވަނީ ހާއްސަ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފައެވެ. އަންނަ މަހުގެ 12 ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި އަށް ލޮލީޕޮޕް ފޮއްޓަށް ވުރެ އިތުރަށް ގަންނަ ނަމަ، 7.5 އިންސައްތަ ޑިސްކައުންޓެއް ލިބޭނެއެވެ.

ބޯގަޓް ލޮލީޕޮޕް ފޮއްޓަށް އޯޑަރު ކުރަން ބޭނުން ނަމަ، 9806721 ނުވަތަ 7779493 އަށް ގުޅޭނެއެވެ.

މި ބްރޭންޑްގެ ފޮނި ކާތަކެއްޗަކީ މެދުއިރުމައްޗަށް އަދި މުޅި ދުނިޔެއަށް ވެސް ނަން ހިނގާ މަޝްހޫރު ތަކެއްޗެވެ.

ބޯގަޓް ބްރޭންޑްގެ ޓަބް ހަތަރު ވައްތަރެއްގެ ލޮލީ މިހާރު ރާއްޖޭގައި ދަނީ ވިއްކަމުންނެވެ. ބްރަޝް، ކޯލާ، ހާޓް އަދި ވެރީ ބެރީ ބެންހަމް އިންޓަނޭޝަނަލް އިން މިހާރު ވެސް ރާއްޖޭގައި ވިއްކަމުން އެބަގެންދެއެވެ. މިއިން ކޮންމެ ޓަބެއްގައި 40 ލޮލީޕޮޕްސް ހިމެނޭނެއެވެ.

ލޮލީ ޕޮޕްތަކުގެ އެންމެ ހާއްސަ ސިފަތަކުގެ ތެރޭގައި މީގެ އަގުގެ އިތުރުން މިއީ 3ޑީ ލޮލީ ޕޮޕަކަށްވުން ހިމެނެއެވެ. އެހެންކަމުން މިއިން ކޮންމެ ލޮލީ ޕޮޕެއްގެ ސިފަ ވެސް ވަރަށް ރީތި ވާނެއެވެ. ލޮލީޕޮޕްތައް ތައްޔާރު ކުރެވިފައި ވަނީ ކުޑަކުދިން ވަރަށް ގަޔާވާ ގޮތަށެވެ. މިލޮލީ ޕޮޕްތަކަކީ ކުޑަކުދިންގެ ޕާޓީތަކުގައި ވެސް ވަރަށް ބޮޑަށް ހިނގާ އެއްޗަކަށް ވަނީ ވެފައެވެ.

މި ވައްތަރުގެ ލޮލީޕޮޕްތަކަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

ބެންހޭމްގެ އަމާޒަކީ މިހާރު ރާއްޖޭގެ ކޮންމެ އަތޮޅަކުން އަދި ކޮންމެ ރަށަކުން އެކުންފުނީގެ އެޖެންޓުންގެ ގޮތުގައި ބޯގަޓް ބްރޭންޑްގެ އުފެއްދުންތައް ވިއްކާނެ ވިޔަފާރިވެރިން ހޯދުމެވެ. އެކަމަށް ފުރަތަމަ ކުރިމަތިލާ ވިޔަފާރިވެރިންނަށް އިސްކަންދޭނެ ކަމަށް ބެންހަމް އިން ބުނެއެވެ. ބެންހަމްގެ އެޖެންޓުންނަށްވުމަށް ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 7779493 ނުވަތަ 9806721 އަށެވެ.

ބޯގަޓް ބްރޭންޑްގެ ގަމީސްވެސް ބެންހޭމް އިންޓަނޭޝަނަލް އިން ރާއްޖެ އެތެރެކޮށް ވިއްކާފައި ވެއެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ހުސްވެފައެވެ. އެކުންފުނިން ބުނި ގޮތުގައި ގަމީސްގެ އިތުރު ޝިޕްމެންޓެއް ވަރަށް އަވަހަށް އަންނާނެއެވެ. އެއީ ރާސްބެރީ އެންޑް ބްލެކްބެރީ އާއި ގްލޯސްޓިކާއި ބެއާސްއާއި ރިންގްލެޓާއި ކޭކްސް އަދި ކާރސް ފްލޭވާގެ ގަމީސްއެވެ.

ބޯގަޓް ބްރޭންޑްގެ އިތުރު މައުލޫމާތު ފޭސްބުކް ޕޭޖްް މެދުވެރިކޮށް ލިބޭނެއެވެ. އަދި ވައިބަ ކޮމިއުނިޓީ ގްރޫޕަށް ވަންނަން ބޭނުން ނަމަ މި ލިންކަށް ފިއްތާލައިގެން ޖޮއިން ކުރެވޭނެއެވެ.