އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ފަސްމީރު މަސްދަޅު ޑެލިވަރީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އައިބީއެމް ގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އަންވަރެވެ.

އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއީލް ފައުޒީއެވެ. އައިބީއެމް އާއި މިފްކޯ އާއި ދެމެދު ވެނުނު މި އެއްބަސްވުމަކީ މިފްކޯގެ އުފެއްދުންތައް ކަސްޓަމަރުންނާ ހަމައަށް އިތުބާރާއެކު ހަލުވި ސްޕީޑެއްގައި ގެންގޮސްދިނުމުގެ ގޮތުން ވެވިފައިވާ އެއްބަސްވުމެކެވެ.

އައިބީއެމް ގެ ހޮޓްލައިން 1619 އަށް ގުޅުއްވައިގެން ތާޒާ ފެނަށް އޯޑަރު ދެއްވާ އުސޫލުން މިހާރު މިފްކޯގެ ފަސްމީރު ބްރޭންޑްގެ މަސް ކޭހަށް އޯޑަރު ކުރެއްވޭނެއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން އައިބީއެމް އިން ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ "ޗަންކްސް އިން އޮއިލް" އަދި "ޗަންކްސް އިން ބްރައިން" ގެ ދެ ޕެކޭޖިން ކަމަށްވާ 48 ދަޅުގެ މަސްކޭހާއި 24 ދަޅުގެ މަސްކޭހެވެ.