ތިލަފުށިން ބިން ކުއްޔަށް ދޫކުރަން ކުއްޔަށް ދޫކުރަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ކުރި އިއުލާން ބާތިލްކޮށްފި އެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީއައިޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ކޮށްފައިވާ އިޢުލާންގެ ދަށުން ހުޅުވާލި ޓެންޑަރ ބާޠިލް ކުރެވިފައިވާ ވާހަކަ އާއްމުކޮށް އަންގާ ޢިޢުލާން ކުރާކަމަށެވެ.

ބިން ކުއްޔަށް ދޫކުރަން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް އިން ކުރި އިއުލާން ބާތިލް ކުރި ސަބަބެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އިއުލާން