ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވް އިން އާންމުކޮށް ވިއްކަމުން އަންނަ ގިނަ ބާވަތްތަކެއް އަގުހެޔޮކޮށްފިއެވެ.

ރެޑްވޭވް އިން ހާމަކޮށްފައިވާ ގޮތުގައި ރަމަޟާން މަހު އާންމުކޮށް ރެޑްވޭވްގެ ފިހާރަތަކުން ވިއްކާ 15 ބާވަތެއްގެ ކާބޯތަކެތި ރެޑްވޭވްއިން މިއަދުވަނީ އަގުހެޔޮކޮށްގައެވެ. މިއަދަކީ ގިނަ ގޭބިސީތަކުން ރަމަޟާންމަހުގެ ފުރަތަމަ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ވިޔަފާރިކުރާނެ ދުވަސް ކަމުން މިއީ ކަސްޓަމަރުންނަށް ދިން ހަދިޔާއެއް ކަމުގައި ރެޑްވޭވްއިން ބުނެއެވެ.

އަގުހެޔޮ ކުރި ތަކެތި:

  • ރޯޒްސިރަޕް - 29ރ. އަށް
  • އަލަނާސި ދަޅު - 20ރ. އަށް
  • ޑަބަލްޕީޗު ގެރި ކިރު 12.5ރ. އަށް
  • ފެލިވަރު މަސް ދަޅު 12.25ރ. އަށް
  • ސަފާ ޓޮމާޓޯ ޕޭސްޓް ކުދި ދަޅު 2.26ރ. އަށް
  • ސަފާ ޓޮމާޓޯ ޕޭސްޓް ބޮޑު ދަޅު 11.5ރ. އަށް
  • ސަފިއްޔާ ސަންފްލާވާ އޮއިލް ދެ ލީޓަރު 70ރ. އަށް
  • ރަގު ޕިއްޒާ ސޯސް 38ރ. އަށް
  • ކުކުޅުފައި އެއް ކިލޯ 45ރ. އަށް
  • ކެޝޫނަޓްސް 100 ގްރާމްސް 28ރ. އަށް
  • އަލްމަންޑް ނަޓްސް 100 ގްރާމް 26ރ. އަށް

ރެޑްވޭވްއިން މައުލޫމާތުދޭ ގޮތުގައި ތަކެތީގެ އަގުހެޔޮކޮށް އާންމުން ރޯދަ މަހު ކުރާ ބޮޑު ހޭދައަށް ލުޔެއް ދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. ރެޑްވޭވްއިން މި ރަމަޟާން އަޒުމް ކަނޑައަޅާފައިވަނީ ގިނަ އަދަދެއްގެ ކާބޯތަކެތީގެ އިތުރުން އިލެކްޓްރޯނިކްސް އާއި ހިފާ ގެންގުޅޭ ސާމާނު ރެޑްވޭވްގެ ފިހާރަތަކުގައި ހިމެނުމުގެ އިތުރުން އަގުހެޔޮކޮށް އެ މުދާ ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމެވެ.